މަޖިލީހުން ޖުޑީޝަރީ މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކިފާނު މިހެން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.
ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވައުދުވެ އެންމެ ބޮޑަށް ބަދަލު ގެނައުމަށް މަސައްކަތް ކުރީ، ރާއްޖޭގެ ޖުޑީޝަރީ ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ޖުޑީޝަރީ މިނިވަން ކުރެވި، ހުކުމެއް ނުވިއްކޭ ނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
"ޝަރުއީ ދާއިރާއާއި، އިސްލާހު ކުރުމުގެ ގޮތުން ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރެވި، ޖޭއެސްސީގެ ގާނޫނު ވާނީ އިސްލާހު ކުރެވިފަ. މުޅި ސްޕްރީމް ކޯޓު އެކީ ބަދަލު ކުރެވި ކުރިން ވިއްކި ގޮތަކަށް މިއަދު ހުކުމްތަކެއް ނުވިއްކޭނެ." ރައީސް ނަޝިދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، ރައީސް ޔާމީން ޖަލަށް ލާފައިވަނީ އިންސާފުން ބޭރުންކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި މިހާރު މިއޮތް ޖުޑީޝަރީއަކީ އެމްޑީޕީގެ ނުފޫޒު އިންތިހާއަށް އޮތް ޝުރުނީ ނިޒާމެއްކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރައީސް ޔާމީންގެ ހުކުމް ކުރުމަށް އޮތް ދުވަހުގެ ހެނދުނު އެމަނިކުފާނަށް ހުކުމް ކުރަން ހުރި ޤާޒީ ވަނީ ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް