އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ، ފުރަތަމަ ފްލައިޓް މާދަމާ އަންނާނެ

އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމާ، ފުރަތަމަ ފްލައިޓް މާދަމާ އަންނާނެކަަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ބުނެފި އެވެެ. އެމްއޭސީއެލް އިން ބުނީ އެ އައރ...

18 Dec 2020 | 11:31

އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމާ، ފުރަތަމަ ފްލައިޓް މާދަމާ އަންނާނެކަަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ބުނެފި އެވެެ.

އެމްއޭސީއެލް އިން ބުނީ އެ އައރ ލައިނުން ހަފްތާއަކު ތިން ދަތުރު ކުރާނެ ކަމަށެވެ.

ދުނިޔޭގެ ގިނަ މަންޒިލްތަކަށް ދަތުރުކުރާ އަދި ފަސިންޖަރުންގެ އިތުބާރު ހޯދާފައިވާ އެއަރފްރާންސްއިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ދަތުރުކޮށްފަ އެވެ. އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލީ ކޯވިޑް-19އާ ގުޅިގެންނެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަޅުން ހުޅުވާލުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޢަދަދު އިތުރުވަމުން އަންނަ އިރު، މިހާރު 19 އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރެ އެވެ.

އަންނަ އަހަރުގެ ފެބުރުއަރީ އާއި ހަމައަށް އިތުރު 13 އެއަރލައިނެއް ދަތުރުތައް ފަށާނެކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ވެސް އިތުރުވެފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފްރާންސް ހިމެނެނީ ރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ.

އެގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް 24 ހާހަށްވުރެ ގިނަ ފަތުރުވެރިން އެޤައުމުން ރާއްޖެއަށް މިއަހަރު ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް