ސަލްމާން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބިދޭސީއަކު ފިހިއްޖެ

ސަލްމާން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބިދޭސީއަކު ފިހިއްޖެ އެވެ. އެމްއެންޑީއެފް އަދި ފުލުހުން ބުނީ ގަލޮޅުގައި ހުންނަ މި ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކުރީ މިއަދު ހެނދުނު...

18 Dec 2020 | 07:42

ސަލްމާން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބިދޭސީއަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފް އަދި ފުލުހުން ބުނީ ގަލޮޅުގައި ހުންނަ މި ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކުރީ މިއަދު ހެނދުނު 11:15 އެހާކަންހާއިރު ކަމަށެވެ. އަދި އަލިފާން ރޯވީ ބަދިގޭގައި ހުރި ގޭސްފުޅި މަތީގައި އޮތް ތުވާއްޔެއްގައި ކަމަށެވެ.

އަލިފާން ކޮންޓްރޯލްކޮށް، ނިއްވާލާފައިވާ ކަމަށް އެ ދެ އިދާރާއިން ބުނެފައިވާ އިރު، އެ ބިދޭސީ މީހާ ފިހިފައިވަނީ ފަޔަރ ޓީމު ސައިޓަށް ދިޔުމުގެ ކުރިން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ހާދިސާގައި ފިހުނު މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް