ރީތިކަން މަތީ ދެމި ހުރުމަށް ކާންވީ އަނބު

އަނބަކީ އަނގަޔަށް ވެސް މީރު އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ. އަހަރެމެންގެ ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ހައްދާ އަދި ލިބެން ހުންނަ މޭވާއެކެވެ. އަހަރެމެން އާންމުކޮށް އަނބު ބޭނުން ...

18 Dec 2020 | 04:07

އަނބަކީ އަނގަޔަށް ވެސް މީރު އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ. އަހަރެމެންގެ ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ހައްދާ އަދި ލިބެން ހުންނަ މޭވާއެކެވެ.

އަހަރެމެން އާންމުކޮށް އަނބު ބޭނުން ކުރަނީފަނި ގިރައިގެންނާއި ހުސްކޮށް ކާށެވެ. ބައެއް ފަހަރު އަސާރަ ފަދަ އެއްޗިސް އަނބުން ތައްޔާރު ކުރެއެވެ. ކުރިންވެސް ބަޔާންކުރި ފަަދައިން އަނބަކީ މީރުކަމާއި އެއްވަރަށް ނުހަނު ގިނަ ފައިދާތައްވެސް ހަށިގަނޑަށް ލިއްބައިދޭ މޭވާއެކެވެ.

އަނބުގައި ގިނަ އަދަދަކަށް ވިޓަމިން އޭ ހުރެއެވެ. ފޮތިކޮށް ކޮށާފައި ހުންނަ އަނބު ޖޯޑެއްގައި ދުވާލަކަށް ބޭނުންވާ ވިޓަމިން އޭގެ 25 އިންސައްތަ ހުރެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ސާފުކޮށްދީ ރަނގަޅުކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ގަވާޢިދުން އަނބު ބޭނުންކުރާނަމަ، ރޭގަނޑު ރޯނާވުން، ލޮލުން ފެންއައުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ލޯތެރެ ހިރުވައި ހިކުން، ލޮލުން ދިލަނެގުން، އަދި ލޮލުގެ ހާމަދުލި މަޑުވުން ފަދަ ލޮލުގެ މައްސަލަތަކުން ދުރުކޮށްދޭނެ އެވެ.

އަނބު ކެއުމަކީ ރީތިކަން މަތީގައި ދެމި ހުރުމަށްވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ މޭވާއެކެވެ. އެގޮތުން އާންމުކޮށް އަނބު ކާނަމަ، ގައިގެ ހަން އޮމާންވެ، ސާފުވެ، ބިހި ނެގުން ކުޑަކޮށްދީ، ހަމުގައި ނަގާ އޮށާޅަ ފަދދަ މައްސަލަތަކުން ކުރިމަތިވާ އުދަނގޫ ކުޑަކޮށްދޭނެއެވެ.

އަނބުގައި ހިމެނޭ ދަގަނޑުގެ ބައިގެ ސަބަބުން މާބަނޑު އަންހެނުންނަށާއި، މައްސަރުކަންތައް ޖެހިފައިވާ އަންހެނުންނަށްވެސް ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ. އަނބުގައި ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ދަގަނޑު ހަށިގަނޑަށް ނެގުމުގައި އެހިތެރިވެދޭ މާއްދާ އެކެވެ. އިއްދައިން ކެނޑުމުން ވަރަށް ގިނަ އަންހެނުން ވަރުބަލިވާގޮތް ވެއެވެ. މިހެންވާނަމަ އަނބު ބޭނުންކުރެވިދާނެ އެވެ.

ސަބަބަކީ ގިނަފަހަރު ވަރުބަލިވަނީ ލޭގައި ދަގަނޑުގެ ބައި މަދުވެ، ލޭދަށްވާގޮތް ވުމުންނެވެ. ނަމަވެސް މާބަނޑު ދުވަސްވަރު މާބަނޑު އަންހެނުން މާގިނައިން އަނބު ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫންކަން ހަނދާނުގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް