ޓްރަމްޕްގެ ޢާއިލާއިން ޓްރަމްޕްގެ ނަން ހިމެނޭހެން ރާއްޖޭގައި ރިސޯޓެއް ތަރައްޤީ ކުރަނީ

ޓްރަމްޕްގެ ޢާއިލީ ވިޔަފާރިއާއި އެ ވިޔަފާރީގެ ސައޫދީ ޕާޓްނަރު ޑާރް އަލް އަރްކާން އިން ރާއްޖޭގައި ރިސޯޓެއް ތަރައްޤީ ކުރަން ނިންމައިފިއެވެ. މި ނިންމުން ޓްރަމްޕްގެ ޢާއިލީ ވިޔަފާރިއާއި ޑާރް އިން ނިންމިކަން...

18 Nov 2025 | 05:13
ޓްރަމްޕްގެ ދަރި އެ ޢާއިލާގެ ޕާޓްނާ ވިޔަފާރި ގްރޫޕާއެކު - ފޮޓޯ: އޭއެފްޕީ

ޓްރަމްޕްގެ ދަރި އެ ޢާއިލާގެ ޕާޓްނާ ވިޔަފާރި ގްރޫޕާއެކު - ފޮޓޯ: އޭއެފްޕީ

ޓްރަމްޕްގެ ޢާއިލީ ވިޔަފާރިއާއި އެ ވިޔަފާރީގެ ސައޫދީ

ޕާޓްނަރު ޑާރް އަލް އަރްކާން އިން ރާއްޖޭގައި ރިސޯޓެއް ތަރައްޤީ ކުރަން

ނިންމައިފިއެވެ.

މި ނިންމުން ޓްރަމްޕްގެ ޢާއިލީ ވިޔަފާރިއާއި ޑާރް އިން

ނިންމިކަން އިޢުލާނުކުރީ އިއްޔެގެ ވަގުތެއްގައެވެ.

އެ ރިސޯޓަށް ޓްރަމްޕްގެ ޢާއިލީ ބްރޭންޑް ނަން ދޭން

އެއްބަސްވެފައިވާއިރު އެ މަޝްރޫޢަށް އިންވެސްޓްކުރާ ފަރާތްތަކަށް އެ ފުރުޞަތު

ހުޅުވާލަން ނިންމާފައިވަނީ ބްލޮކްޗެއިން މެދުވެރިކޮށް އޮންލައިން ޓޯކަނައިޒޭޝަންގެ

ނިޒާމެއްގެ ދަށުން ކަމަށް ބުނެފައިވެއެވެ.

މި ޕްރޮޖެކްޓާއި ގުޅޭ މާ ގިނަ މަޢުލޫމާތެއް އަދި

ހިއްސާކޮށްފައިނުވިނަމަވެސް ދަ ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ

ދެ ކުންފުނިން ރާއްޖޭގައި ބިނާކުރާ އެ ރިސޯޓުގައި އަލްޓްރާ ލަގްޒަރީ 80 ވިލާ

ހުންނާނެއެވެ. ވެރިރަށް މާލެއިން އެ ރިސޯޓަށް ލޯންޗެއްގައި 25 މިނެޓުން ދެވޭނެއެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ޓްރަމްޕްގެ ދަރި އެރިކް

ޓްރަމްޕް ބުނެފައިވަނީ މިއީ އެ ރިސޯޓަކީ މި ސަރަހައްދުގައި ލަގްޒަރީ

ރީޑިފައިންކުރާނެ ޕްރޮޖެކްޓެއް ކަމަށާއި އޮންލައިން ޓޯކަނައިޒޭޝަނާއެކު މި

ޕްރޮޖެކްޓް ވެގެންދާނީ ރިއަލް އެސްޓޭޓް ވިޔަފާރީގައިވެސް ބެންޗްމާކެއް

ބިލްޑްކުރާނެ ޕްރޮޖެކްޓަކަށް ކަމަށެވެ.

ޓްރަމްޕްގެ ޢާއިލީ ވިޔަފާރިއާއި ޑާރް އިން ރާއްޖޭގެ

އިތުރުން އޮމާނާއި ޤަތަރާއި އެކުވެރި އަރަބި ޢިމާރާތާއި ސައޫދީގައިވެސް މިފަދަ ޕްރޮޖެކްޓްތަކެއް

ހިންގަން ނިންމާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް