އިތުރު 29 މީހަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 24 މީހުންނަކީ މާލެއިން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ފަސް މީހުންނަކީ އަތޮޅުތެރެއިން ޕޮސިޓިވްވި މީހުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 10 ބިދޭސީންނެވެ. މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،360 ސާމްޕަލެވެ.
ކޯވިޑަށް ފަރުވާ ދެމުން ދަނީ 926 މީހުންނަށެވެ. އޭގެ ތެރެއިން72 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު 351 މީހުންނަށް ފަރުވާ ދެމުން ދަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 11،406 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 12،384 މީހުންނަށެވެ. އޭގެ ތެރެއިން 44 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް