ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެ ބޭފުޅުން ދެމެދު ވާރޗުއަލް ސަމިޓެއް ބާއްވަން ނިންމައިފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫހުގައި ބުނެފައިވަނީ ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ ސަމިޓް ކުރިޔަށްދާނީ އަންނަ މަހުގެ 16 އިން 17 އަށް ކަމަށެވެ.
އަންނަ އަހަރު ބަންގްލަދޭޝްގެ މިނިވަން ދުވަހަށް އެ ގައުމަށް ވަޑައިގަތުމުގެ މޯދީ އަށް ދެއްވާފައިވާ ކަަމަށް ވެސް ވަނީ ބުނެފަ އެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެން ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަން ދެއްވި ދައުވަތު މޯދީ ގަބޫލްކުރައްވާފައިވާ ކަމަށެވެ. އަދި ދެ ގައުމު ދެމެދުގައި އޮންނަ ގުޅުމަކީ ގާތް ގުޅުމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
މިދިޔަ އަހަރު ވެސް ޝޭހް ހަސީނާއާ މޯދީއާ ދެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް