ގދ. ތިނަދޫގައި ރަހީނުކޮށްފައިހުރި މީހަކު ސަލާމަތްކޮށް އެ މައްސަލައިގާ ހަތަރުމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ ރަށުގައި މީހަކު ރަހީނުކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 05:00 ހާއިރުގައެވެ.
"ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެމީހާ ސަލާމަތްކޮށް ތުހުމަތުގައި ހަތަރުމީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 38 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެއްގެ އިތުރުން 52 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް