ދުވާލަކަށް އެންނެ ސިނގިތޭޓެއްގެ މިންވަރުވެސް ބޯ މީހާއަށް ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ބުނެފިއެވެ.
ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ޖެހެނީ އެކަން މަދުކުރުމުގެ ބަދަލުގައި މުޅިން ހުއްޓާލަން ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.
[poll id="4"]
ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލް ކޮށްފައި ނުވާ މީހުންނާއި އަޅާބަލާއިރު، ދުވާލަކު އެއް ސިގަރެޓް ވެސް ބޯ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު 50 ޕަސަންޓް އިތުރުވާ ކަމަށާއި، ސްޓްރޯކް ޖެހުމުގެ ފުރުސަތު 30 ޕަސަންޓް އިތުރުވާ ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.
ދިރާސާގައި ބުނާ ގޮތުގައި އެފަދަ ބަލިތަކަށް ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ރައްކާތެރި މިންވަރެއް އެއްވެސް ވަރަކަށް ނުވެއެވެ.
މި ދިރާސާއިން ދައްކާފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރެއިން 84 ޕަސަންޓް މީހުން މަރުވަނީ ހިތުގެ ބަލިތަކުގެ ސަބަބުންނެވެ.
ދިރާސާގައި ބުނާ ގޮތުގައި އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އިންސައްތަ ކުޑަވަމުން އަންނަ ކަމުގައިވިޔަސް، ދުވާލަކު އެއް ސިނގިރޭޓާއި 5 ސިގަރެޓް އާއި ދެމެދު ސިނގިރޭޓު ބޯ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށެވެ.
ބީއެމްޖޭ ގައި ޝާއިރު ކުރެވުނު މި ދިރާސާއިން ދައްކާ ގޮތުގައި ގޮތުގައި ދުވާލަކު 20 ވަރަކަށް ސިގަރެޓް ބޯ މެދު އުމުރުފުރައިގެ ކޮންމެ 100 މީހެއްގެ ތެރެއިން ހަތް މީހަކަށް ހާޓް އެޓޭކާއި ސްޓްރޯކް ޖެހެއެވެ.
އެހެންނަމަވެސް އެ އަދަދު ދުވާލަކު އެއް ސިގަރެޓަށް މަދުކޮށްފިނަމަ ހާޓް އެޓޭކާއި ސްޓްރޯކް ޖެހޭނެ މީހުންގެ އަދަދު ތިނެކަށް ދަށްވެގެންދާނެ ކަމަށްވެސް ދިރާސާގައި ބުނެއެވެ.
މި ދިރާސާއިން ބުނާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ މުސްތަޤްބަލުގައި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަކޮށްދޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް