ލ. މާމެންދޫއިން އެ އަތޮޅު ހިތަދޫއަށް ދަތުރު ކުރަނިކޮށް ގެއްލުނު ދެ މީހުން ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ ދިވެހި ދެ ފިރިހެނުންނެވެ. އެމީހުން ހިތަދޫއަށް ދަތުރު ކުރީ ވިންޑް ސާފް ބޯޑެއްގައި އެވެ.
އެމްއެންޑީއެފުން ބުނީ ދެ މީހުންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރީ ހެނދުނު 11:30 ހާއިރު ކަމަށެވެ. އެމީހުން ފެނިފައިވަނީމެންދުރު 1:30 ހާއިރު އެވެ.
އެ ދެ މީހުން އެމްއެންޑީއެފް ކޯސްޓު ގާޑަށް ފެނިފައިވަނީ ކަނޑުމަތިންނެވެ. އަދި އެމީހުން ވަނީ ކޯސްޓު ގާޑު ލޯންޗަށް ނަގާފައި އެވެ.
އެމްއެންޑީއެފުން ބުނީ އެ މައްސަލައި އިތުރު ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ދަނީ އިލްތިމާސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް