އަފްޣާނިސްތާނާއި އިރާގުގައި ހަރަކާތްތެރިވަމުން ދާ އެމެރިކާގެ އަސްކަރީ ފައުޖުތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމެވުމާއެކު، އިންތިޚާބީ ސަރުކާރުގެ ޑިމޮކްރެޓިކްގެ އޮފިޝަލުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ޓްރަމްޕްގެ ދިފާއީ ވުޒާރާއިން އެކަން ކަށަވަރުކޮށްދީފައިވާ އިރު، ބޭރު ގައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް މަދު ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗް މެކޯނެލް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ހެދޭ ބޮޑު ގޯހެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ އެވެ.
[poll id="4"]
ވައިޓްހައުސްއިން ނިކުމެ ވަޑައިގަތުމުގެ ކުރިން މުޅި ދުނިޔެއަށް ލޮޅުން އަރާ ވަރުގެ ދިފާއީ އަދި ޚާރިޖީ ބަދަލުތަކެއް ނުގެންނެވުމަށްވެސް އޭނާ ވަނީ ޓްރަމްޕަށް އިންޒާރު ކުރައްވާފަ އެވެ.
އިންތިޚާބީ ރައީސް ޖޯ ބައިޑަން ވިދާޅުވަނީ، އަފްޣާނިސްތާނުގައި ހަނގުރާމަ ދިގުލާ ގޮސްފައި ވާކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެހެންނަމަވެސް، ހަނގުރާމައަކަށް ނިމުން ގެންނަން ވާނީ ޒިންމާދާރު ގޮތެއްގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާއިން އިރާގުގައި ހަރަކާތްތެރިވާ ފައުޖުތަކުން 500 ސިފައިން އުނިކޮށް، މި އަދަދު 2500 އަށް ދަށް ކުރާއިރު، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ފައުޖުތަކުގެ މެމްބަރުންގެ އަދަދު، 4500 އިން 2500 އަށް ދަށް ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް