ސަފާރީތަކުގައި ތިބޭ ޓޫރިސްޓުން ހުޅުމާލެއަށް ނައިސް ކޯވިޑް-19 އަށް ޕީސީއާރު ޓެސްޓު ހެދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ބޯޑަރު ހުޅުވާލީންސުރެ މިހާތަނަށް ސަފާރީތަކާއި ލިވަބޯޑުތަކުގައި ތިބޭ ޓޫރިސްޓުން އެނބުރި ގައުމަށް ދާން ކޯވިޑް-19 އަށް ޓެސްޓް ހަދަން ދާން ޖެހެނީ ހުޅުމާލެ އަށެވެ.
[poll id="4"]
ނޭޝަނަލް ބޯޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ކުރި ޓުވީޓެއްގައި ބުނީ މިހާރު ހުޅުމާލެ އަށް ނުގޮސް ބައެއް އަތޮޅުތަކުގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ކ. ތުލުސްދޫ، ހިންމަފުށި، މާފުށި. ދިއްފުށި، ގުރައިދޫ އަދި ގުޅީގެ އިތުރުން އއ. އުކުޅަހާއި، އދ ދިގުރަށާއި ދަނގަތިން ސާމްޕަލް ނެގޭނެ ކަމަށް ބުނެ އެވެ.
https://twitter.com/boating_mv/status/1328306465573011457
އެ ޖަމިއްޔާއިން ބުނީ ޓޫރިސްޓުންގެ ޕީސީއާރު ޓެސްޓު ހަދަން ބޭނުންވާ ސަފާރީތަކުން އެއް ދުވަސް ކުރިން އެ ޖަމިއްޔާއަށް އެންގުމަށް އެދޭކަމަށެވެ.
ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކުގެ ޓޫރިސްޓުންގެ ޕީސީއާރު ޓެސްޓުގެ ނަތީޖާ 12-14 ގަޑިރު ތެރޭގައި ލިބޭނެ އެވެ. ޓެސްޓު ހެދޭނެ ކަމަށް ކަނޑައަޅާފައިވާ އެހެން ރަށްރަށުން ސާމްޕަލް ނަގާ ޓޫރިސްޓުންގެ ސާމްޕަލްގެ ނަތީޖާ ލިބޭނީ 24 ގަޑިއިރު ތެރޭގައި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
ހުޅުމާލޭގައި ސަފާރީތަކުގެ ޓޫރިސްޓުންނަށް ޓެސްޓު ހަދައިދެނީ 75 ޑޮލަރަށެވެ. އެހެން ރަށްރަށުން ޓެސްޓު ހަދާ ޓޫރިސްޓުންނަށް ޕީސީއާރު ޓެސްޓު ހަދައިދެނީ 100 ޑޮލަރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް