ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގައިގެން ފައިސާ ވަންނަނީ ދިވެހިގެ ޖީބަށްތޯ އީވާ ސުވާލު އުފައްދައިފި

ފީނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަށް ހިންގައިގެން ފައިސާ ވަންނަނާ ދިވެހިންގެ ވިޔަފާރިވެރިންގެ ޖީބައްތޯ ނުވަތަ އިންޑިއާގެ ކެރެލާ...

18 Nov 2020 | 09:36

ފީނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަށް ހިންގައިގެން ފައިސާ ވަންނަނާ ދިވެހިންގެ ވިޔަފާރިވެރިންގެ ޖީބައްތޯ ނުވަތަ އިންޑިއާގެ ކެރެލާ ސްޓޭޓުގެ ވިޔަފާރިވެރިންގެ ޖީބައްތޯ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ސުވާލު އުފައްދައިފި އެވެ.

މިރޭ މެންދަމާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބަޖެޓު ބަހުސްއަށް ބަހުސް ކުރައްވަމުން އީވާ ވަނީ ބަޖެޓުގައިވާޕީއެސްއައިޕީގެ ބޮޑެތި ޕްރޮޖެކްޓްތަކާއި މެދު ނުރުހުން ފައުޅު ކޮށްފަ އެވެ. އީވާ ވިދާޅުވީ އިގްތިސޯދީ ގޮތުން މިހާ ދަތި ދުވަސް ވަރެއްގައި ޕީއެސްއައިޕީ ޕްރޮޖެކްޓު ކުރިއަށް ގެންދިޔުން ރަނގަޅެއް ނުވާނެ އެވެ.

އިވާ ވިދާޅުވި ގޮތުންނަމަ ބަޖެޓް ތައްޔާރު ކުރުމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރިނަމަ ބަޖެޓު މިހާރު ހުރިވަރަށް ކުޑަ ކުރެވޭނެ އެވެ. އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު ޕީއެސްއައިޕީއަށް 8.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ.

އަންނަ އަހަރަށް ސަރުކާރުން ހިންގަން ރާވާފައިވާ މާލީ ސިޔާސަތުން، ވިސްނުމާއި ނިޔަތާ އެއް ގޮތަށް ދިވެހި ކުންފުނިތަކަށާއި ދިވެހިންނަށް ހަގީގީ މަންފާ ކުރާނެކަމާމެދު ވެސް އީވާ ވަނ ީސުވާލު އުފައްދައިފަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބެޖެޓް މަޖިލީހަށް ހުށަހެޅުއްވި ދުވަހު ވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަށް ދިވެހި ކުންފުނިތަކަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ނަމަވެސް އީވާ އެ ވާހަކަ ގަބޫލުކުރަން ދެކޮޅު ހަދަ އެވެ.

"މަލްޓިޕްލަޔާ އިފެކްޓް އެހާ ސާފުތޯ؟ އެ ފައިސާ، އެ އާމްދަނީ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހިންގީމާ އެ ފައިސާ ވަންނަނީ ދިވެހި ވިޔަފާރީގެ ޖީބަށްތޯ އަޅުގަނޑަށް ސުވާލު އުފެދެނީ، ނޫނީ އެ ފައިސާ ދަނީ ކެރެލާއަށްތޯ؟" އީވާ ވިދާޅުވި އެވެ.

ބަޖެޓުގައިވާ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަކަށް ފާޑު ވިދާޅުވަމުން އީވާ އިތުރަށް ވިދާޅުވީ، އެ ޕްރޮޖެކްޓުތަށް ހިންގޭނެ ކަމަށް އާއްމު ރައްޔިތުން ވެސް ގާބުލު ނުކުރާނެ ކަމަށެވެ. އަދި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ތައްޔާރުވެފައިވާ މިންވަރާމެދު ވެސް އީވާ މިއަދު ވަނީ ސުވާލު އުފައްދަވާފައި އެވެ.

އީވާ އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވީ އަންނަ އަހަރު ރިކަރަންޓް ހަރަދު ބޮޑުވުމާ ގުޅޭގޮތުންނެވެ. އެގޮތުން، އަންނަ އަހަރަށް ލަފާކޮށްފައިވާ އާމްދަނީގެ 62 ޕަސަންޓް ރިކަރަންޓް ހަރަދަށް ހެދަވާކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް