ސްޓެރެޓެޖިކް އެކްޝަން ޕްލޭނާއި ގުޅޭ މަސައްކަތްތައް ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލާފައިވާ "ސްޓެރެޓެޖިކް އެކްޝަން ޕްލޭން 2019-2023" ގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާއި، ސްޓްރެ...

18 Nov 2020 | 08:45

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލާފައިވާ "ސްޓެރެޓެޖިކް އެކްޝަން ޕްލޭން 2019-2023" ގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި އަދި އެކްޝަންތައް ތަންފީޒުކުރުމަށްޓަކައި މިމިސްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ކަމާބެހޭ އެކިއެކި ފަރާތުގެ އެހީތެރިކަން ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މި މިނިސްޓްރީއާ ގުޅިގެން ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްތައް ރާވާ ހިންގުމަށްޓަކައި އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިއަދު ވަނީ އެމް.އޯ.ޔޫ އެއްްގައި ސޮއިކޮށްފައެވެ.

[poll id="4"]

މި އެމް.އޯ.ޔޫ ގައި މި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަލްއުސްތާޛު ފައްޔާޟް އިސްމާޢީލްއެވެ.

މި އެމް.އޯ.ޔޫ ގެ ދަށުން ކުރެވޭ މަސައްކަތްތައް ކުރުމަށްޓަކައި ދެ މިނިސްޓްރީ ޝާމިލްވާގޮތަށް ކޮމިޓީއެއް އެކުލަވާލެވިގެން މަސައްކަތްތަކެއް ހިންގޭނެއެވެ.

އެގޮތުން ހިންގޭ މަސައްކަތްތަކުގެ ތެރޭގައި؛

o އަތޮޅުތަކާއި އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ޖެހޭ މައްސަލަތައް ދިރާސާކޮށް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ރޭވޭނެ ހަރަކާތްތައް ދެނެގަތުން

o ވަޒީފާ އަދާނުކުރާ ޒުވާނުންނާއި ގުޅޭ މައްސަލަތަކަށް ހައްލު ގެނައުމަށް އެކްޝަން އޮނިގަނޑެއް އެކުލަވާލުން

o ވަޒީފާ އަދާކުރުމާއި ވިޔަފާރިކުރުން ޒުވާނުންގެ މެދުގައި ކުރިއެރުވުން

o މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ގުޅިގެން ޖޮބް ސެންޓަރުތަކުގެ ޚިދުމަތް ވަލްނަރެބަލް ޒުވާން އަންހެނުންނަށާއި ފިރިހެނުންނަށް ފޯރުކޮށްދިނުމަށް ފުޅާކުރުން

o މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ ކެރިއަރ ޕޯޓަލްއަށް އެޓް ރިސްކް ޒުވާނުން ހިމެނުމަށް ކޯޑިނޭޓްކުރުން

o ޔޫތު ސެންޓަރުތައް ރިޕަރޕަސްކޮށް އިނޮވޭޓިވް ލެބްތަކެއް ޤާއިމްކޮށް ޒުވާނުން އިކޮނޮމިކަލީ އެމްޕަވަރ ކުރެވޭނެ ނިޒާމެއް ޤާއިމްކުރުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް