ސާފް ބޯޑެއްގައި. ލ. މާމެންދޫއިން ހިތަދޫއަށް ދިޔަ ދެމީހަކު ގެއްލިގެން ހޯދަނީ

ލ. މާމެންދޫއިން އެ އަތޮޅު ހިތަދޫއަށް ވިންޑް ސާފް ބޯޑެއްގައި ދަތުރު ކުރި ބަޔަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. މި ހާދިސާގައި ހަބަރެއް ނުވެގެން ހޯދަމުން ދަނީ ދިވެހި ދެ ފިރިހެނުންނެވެ. އެމްއެންޑީއެފް އ...

18 Nov 2020 | 08:25

ލ. މާމެންދޫއިން އެ އަތޮޅު ހިތަދޫއަށް ވިންޑް ސާފް ބޯޑެއްގައި ދަތުރު ކުރި ބަޔަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މި ހާދިސާގައި ހަބަރެއް ނުވެގެން ހޯދަމުން ދަނީ ދިވެހި ދެ ފިރިހެނުންނެވެ. އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ.


[poll id="4"]


އެ ދެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުން ފަށާފައިވާ ކަމަށް ބުނެ އެވެ.

ވިންޑް ސާފް ބޯޑެއްގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރި ބަޔަކު ގެއްލިގެން ހޯދަމުން ދާއިރު މި ދުވަސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސް ދުވަސް ވަރެކެވެ. މިދިޔަ ހަފްތާއެއްހާ ދުވަހު ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް