ބ. މާޅޮހަށް ބޯކޮށް ވިއްސާރަ ވެހި 3 ގެއަކަށް ފެން ވަދެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 8:56 ހާއިރު ކަމަށެވެ. އަދި އެރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
[poll id="4"]
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ވައިޓް އެލަރޓް ނެރެފަ އެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް