ފުލުހުންނަށް ވެގެން ފޭރުނު މައްސަލައިގަ ބައިވެރިވި އެންމެން ހައްޔަރު ކޮށްފި

އިންޓެލިޖެންސް ފުލުހުންނަށް ވެގެން ފޭރުނު މައްސަލައިގަ އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައިގަ ފޭރިފައިވަނީ ފަރިވާ ސްޓޭ ގެސްޓުހައުސް އިންނެވެ. އެ ގެސްޓް ހައުސްއަށް ވަދެ ބައެއް ތަކެގި ފޭރ...

18 Nov 2020 | 07:48

އިންޓެލިޖެންސް ފުލުހުންނަށް ވެގެން ފޭރުނު މައްސަލައިގަ އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގަ ފޭރިފައިވަނީ ފަރިވާ ސްޓޭ ގެސްޓުހައުސް އިންނެވެ. އެ ގެސްޓް ހައުސްއަށް ވަދެ ބައެއް ތަކެގި ފޭރިފައި ވަނީ ތިން މީހެކެވެ.

[poll id="4"]

ފުލުހުން ކުރިން ވަނީ މި މައްސަލައިގަ 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި އެވެ. އޭގެ ފަހުން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މިއަދު ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ ފަހުން ހައްޔަރު ކުރި ދެމީހުންގެ ތެރޭގައި ހިމެނެނީ 38 އަހަރާއި 43 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ. އެ ދެ މީހުންވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހައިދީފައި އެވެ. ފުލުހުން ބުނީ އެތަނުން ފޭރުނު ބައެއް ތަކެތި ހޯދާފައިވާ ކަމަށެވެ.

މި ތިން މީހުން އެ ގެސްޓް ހައުސްއިން ފޭރިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެވެ. މި މީހުން އެތަނުން ފޭރިފައިވަނީ އިންޓެލިޖެންސް ފުލުހުން ކަމަށް ބުނެ ތިން މުވައްޒަފަކު ކްލިޕް އަޅުވައި ބަނުމަށް ފަހު އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް