މާމަގެ ގަހަނާ ވިއްކައިގެން ވެސް ޗައިނާގެ ދަރަނި އަދާނުކުރެވޭނެ: ނަޝީދު

މާމާގެ ގަހަނާތަށް ވިއްކައިގެން ވެސް ޗައިނާއަށް އަނބުރާ ދައްކަން ޖެހޭ ދަރަނީގެ ފައިސާ ނުދެއްކޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ފައްޓަރުބަޔެއްގެ ފޮޓޯ ޓ...

18 Nov 2020 | 07:20

މާމާގެ ގަހަނާތަށް ވިއްކައިގެން ވެސް ޗައިނާއަށް އަނބުރާ ދައްކަން ޖެހޭ ދަރަނީގެ ފައިސާ ނުދެއްކޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފައްޓަރުބަޔެއްގެ ފޮޓޯ ޓުވީޓު ކުރައްވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ބަހުސް ކުރިއަށް ދާ ކަމަށާއި އަންނަ އަހަރު ސަރުކާރުގެ އާމްދަނީގެ 53 އިންސައްތަ ދާނީ ޗައިނާ ދަރަނި އަނބުރާ ދެއްކުމަށް ކަމަށެވެ. އަދި ޗައިނާ ލޯނުތަކުގެ މުޅީން ނުދެއްކޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ އެއަށްފަހު ވިދާޅުވީ، މާމަގެ ގަހަނާތަކަށް ވިއްކާލިއަސް ޗައިނާގެ ލޯނުތަކުގެ ފައިސާ އަނބުރާ ދެއްކެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން މާމާމެންގެ ގަހަނާތަށް ވިއްކާލިޔަސް ލޯނުތަށް އަނބުރާ ނުދެއްކޭނެ" ނަޝީދު ވިދާޅުވި އެވެ.

[poll id="4"]

ބަޖެޓު ބަހުސް ފެށުމާއެކު ނަޝީދު ގެންދަވަނީ ޗައިނާއިން ނަގާފައިވާ ލޯނުތަކަށާއި އެގައުމަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓު ބޮޑު ވަނީ ޗައިނާއަށް ދައްކަން ޖެހޭ ލޯނު ފައިސާގެ އަދަދު ހިމަނާފައިވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި ކޮވިޑް-19 ގެ މި ދަތި ހާލަތުގައި ވެސް ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދިިން ކަމަށާއި ރާއްޖެއާ މެދު އެ ގޮތަށް ކަންތައް ނުކުރެއްވުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ޗައިނާއިން ވަނީ ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ގެއްލުން ވަމުންދާތީ ބައެއް ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށް ދީފަ އެވެ. އަދި ބައެއް ލޯނުތަކުގެ އިންޓްރެސްޓު ކުޑަކޮށްދީފަ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް