ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތަށް ގާނޫނަށް ބަދަލެއް ގެންނަނީ

ހަދަން ފަށާފައިވާ ރިސޯޓުތަކުގެ މަސައްކަތް ނުނިމި މަޑު ޖެހިފައިވާ ރިސޯޓުތަކުގެ މަސައްކަތް އަލުން ކުރިއަށް ގެންދެވޭ ގޮތަށް ގާނޫނޫ އިސްލާހު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސ...

18 Nov 2020 | 07:04

ހަދަން ފަށާފައިވާ ރިސޯޓުތަކުގެ މަސައްކަތް ނުނިމި މަޑު ޖެހިފައިވާ ރިސޯޓުތަކުގެ މަސައްކަތް އަލުން ކުރިއަށް ގެންދެވޭ ގޮތަށް ގާނޫނޫ އިސްލާހު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް ވިދާޅުވީ، ނުހެދި ހުރި ރިސޯޓުތަކަކީ އިގްތިސޯދަށް ދިމާވާ ގޮންޖެހުުމެއް ކަމަށެވެ. އަދި ރަށްތައް ހަދަން ބާރު އެޅުމުގެ ގޮތުން ގާނޫނަށް ގެންނަ ބަދަލާއެކު ރަށްތައް ދޫކޮށްލަން ވެސް ފުރުސަތު ލިބޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ރިސޯޓު ހަދަން ދީފައިވާ ރަށްތަކުގެ މަސައްކަތް ސަބަބުތަކާ ހެދި މަޑު ޖެހިފައިވުމުގެ ސަބަބުން މިހާރު ވެސް ގެއްލުން ވަމުންދާ ކަމަށް މައުސޫމް ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އިތުރު މުއްދަތެެއް ދީފަ އެވެ. އެ މުއްދަތުގައި މަސައްކަތް ނިންމީ މަދު ރިސޯޓަކުންނެވެ.

ރޭ މައުސޫމް ވިދާޅުވީ، އަތޮޅުތަކުގެ ތެރޭގައި ހަދަމުންދާ ރިސޯޓުތަކުގެ މަސައްކަތް މަޑު ޖެހުމުގެ ސަބަބުން އެ އަތޮޅުގެ މީހުން ވަޒީފާ އަދާކުރަން ދާން ޖެހެނީ އެހެން އަތޮޅުތަކުގެ ރިސޯޓުތަކަށް ކަމަށެވެ. އަދި އެއީ އެހާ ހިތްހަމަ ނުޖެހޭ ކަމެެއް ކަމަށް ވެސް މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

ޓޫރިޒަމަށް ދޫކޮށްފައިވާ 70 ރަށެއްގެ މަސައްކަތް ވަނީ ކުރިއަށް ނުގެންދެވި މަޑު ޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް