އުޅަނދު ފަހަރު ގަތުމަށް ބީއެމްއެލްއިން ދޫކުރާ ލޯނަށް ހެޔޮ ބަދަލުތަކެއް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ވެހިކަލް ލޯން އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ. ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން ގެންނަ މި ބ...

18 Nov 2020 | 06:21

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ވެހިކަލް ލޯން އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން ގެންނަ މި ބަދަލާއި އެކު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް 15 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ލޯނު ނެގޭނެ ކަމަށެވެ. އަދި ގަންނަ އުޅަނދަކީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓު 12 ޕަސެންޓަށް ކުޑަވާނެ ކަމަށް ބުނެ އެވެ.

މި ލޯނުގެ އިންޓްރެސްޓް ދަށް ކުރުމުން އުޅަނދު ގަންނައިރު މަހަކަށް ދައްކަންޖެހޭ އަދަދު ވަރަށް ކުޑަވާނެ އެވެ. މިއީ އެއްވެސް ރަހުނަކައި ނުލާ ދޫކުރާ ލޯނަކަށް ވާއިރު ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

މީގެ ކުރިން މި ލޯނު ދޫކުރަމުން އައީ ބީއެމްއެލް އާއި އެކު އެއްވުން ހަދާފައިވާ ނުވަތަ ބީއެމްއެލްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން ތަކެތިި ގަންނަ ފަރާތްތަކަށް އެކަންޏެވެ. އެކަމަކު މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށް އުޅަނދު ގަތުމަށް ލޯނު ދޫކުރާނެ ކަމަށް ބުނެ އެވެ.

މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލްގެ މި ލޯނުން ކަމަށެވެ. އަދި މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދުތަކުގެ އިންޓްރެސްޓު ރޭޓު 12 ޕަސެންޓަށް ދަށްކުރުމުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ ކަމަށެވެ.

މި ލޯނުން ސައިކަލާއި، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދު ގަނެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް