ހަމަނިދި ނުލިބޭނަމަ ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު: ދިރާސާ

ނިންޖަކީ އިންސާނާއަށް ވަރަށް ބޭނުންތެރި އެހާމެ މުހިންމު އެއްޗަކަށް ވަނީ ވެފައެވެ. ނިންޖަކީ އަހަރެމެންގެ އާންމު ދިރިއުޅުމާ ގުޅިލާމެހިފައިވާ މުހިންމު އަސާސެކެވެ. އެކަމަކު ނިދުމުގެ ބޭނުމާއި ނިދީމަ ތިމާގެ...

18 Nov 2020 | 05:01

ނިންޖަކީ އިންސާނާއަށް ވަރަށް ބޭނުންތެރި އެހާމެ މުހިންމު އެއްޗަކަށް ވަނީ ވެފައެވެ. ނިންޖަކީ އަހަރެމެންގެ އާންމު ދިރިއުޅުމާ ގުޅިލާމެހިފައިވާ މުހިންމު އަސާސެކެވެ. އެކަމަކު ނިދުމުގެ ބޭނުމާއި ނިދީމަ ތިމާގެ ހަށިގަނޑަށް ދެން އަންނަ ބަދަލުތަކާ މެދު ވިސްނާލަން ޖެހެއެވެ.

ނިދުމުގެ ބޭނުމާއި ނިދީގެ ފައިދާ އަދި ގެއްލުމާ ބެހޭ ގޮތުން ދިރާސާތަކެއް ވަނީ ހެދިފައެވެ. އެގޮތުން މި ދިރާސާތަކުގައި އިތުރު ފޯރިއެއް ހިއްޕައިގެން ތަޖުރިބާކާރުން ދަނީ ނިދުމުގެ އާދަޔާހިލާފު ވާހަކަތައް ކިޔައި ދެމުންނެވެ. ނިދި ބޭނުންވާ ސަބަބަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.

އެކަމަކު މިއީ އެ ސުވާލަކަށް އޭގެ އެންމެ ފުރިހަމަ ޖަވާބު ދޭން ސައިންސްވެރިންނަށް ވެސް ނޭނގޭ ސުވާލެކެވެ.

ނަމަވެސް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުން ހަށިގަނޑަށް ނިދި މުހިންމު ވަނީ ސިކުނޑި އަށް ފިނިކަމެއް ހޯދައިދޭށެވެ.

ދުވާލު ހޭލާ އުޅޭ ގަޑިތަކަކީ ކުރެވޭ ތަފާތު އެކި ތަޖުރިބާތަކާ އެކު ސިކުނޑީގެ މަސައްކަތް ނިކަން ބޮޑުވެގެންދާ ވަގުތެކެވެ. އެގޮތުން އަލަށް ކުރެވޭ ތަފާތު ތަޖުރިބާތަކާ ގުޅިގެން ސިކުނޑީގެ އެކި ދިމަދިމާލުގެ ގުޅުން ބޮޑުވެގެންދެ އެވެ.

ނަމަވެސް ނިދާލީމަ މި ގުޅުން ކުޑަކޮށް ލޯޑް ކުޑަކޮށްލަނީ އެވެ. ކުރެވުނު ތަޖުރިބާތަކުގެ ތެރެއިން ފަހަށް ރައްކާކުރުން މުހިންމު ކަމަށް ފެންނަ ތަޖުރިބާތަކާއި ސިކުނޑީގެ ގުޅުން ވަރުގަދަކުރުމަށް ފަހު ބޭކާރު ތަޖުރިބާތަކާއި ސިކުނޑިއާ އޮންނަ ގުޅުން ކުޑަކޮށްލަ ދެ އެވެ.

މީގެ އިތުރުން ނިދާފައި އޮންނަ ގަޑިތަކުގައި ސިކުނޑިން އޭގެ ނުރައްކާތެރި ނުވަތަ ބޭނުން ނުވާ ކެމިކަލްގެ މާއްދާތައް ވެސް ބޭރުކޮށްލަ އެވެ.

އެހެންވީމަ، ހަމަ ނިދި ނުލިބިއްޖެ ނަމަ ވާނީ ކިހިނެތް؟

އޭރުން ވާ ގޮތަކީ ހަށިގަނޑުގައި ހިމެނޭ ސެލްސްތަކުގައިވާ ޖީންތަކަށް ބަދަލުތަކެއް އައިސް އޭގެ އުޅުން ބަދަލުވެގެން ދަނީ އެވެ. މީގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރަން ފެށުމުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެ އެވެ.

މީގެ އިތުރުން ހަމަ ނިދި ނުލިބި އެ ވަރުބަލިކަމުގައި ސިކުނޑީގެ ލޮޑުކަން އިތުރުވުމަކީ ވިސްނުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ދޭ ކަމެކެވެ. ހަމަ ނިދި ނުލިބޭ މީހާގެ ސިކުނޑިން އެންމެ ފުރިހަމަ އަށް ވިސްނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ސަބަބަކީ އޭނާ ނުނިދައި ހުއްޓަސް އޭނާގެ ސިކުނޑި ވަރުބަލިކަމުގައި ބިތަކަށް ޖެހިފައި އޮތުމެވެ.

ފުރިހަމަ އަށް ނިދި ނުލިބުމަކީ ފަލަވުމާއި ހަކުރު ބަލީގެ މައްސަލަ އާއި ޑިޕްރެޝަން އަދި އުމުރު ކުރުވުން ފަދަ ނުރައްކާތެރި މައްސަލަތައް ވެސް ކުރިމަތިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް