ކްލަބް ވޯލްޑް ކަޕް އަންނަ އަހަރު ފެބްރުއަރީ މަހަށް ފަސްކޮށްފި

ފީފާއިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހު ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ. ފީފާ އިން ކްލަބް ވޯލްޑް ކަޕް ފަ...

18 Nov 2020 | 04:16

ފީފާއިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހު ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.

ފީފާ އިން ކްލަބް ވޯލްޑް ކަޕް ފަސްކުރީ ކޮވިޑްގެ ހާލަތު އަދިވެސް ބައެއް ގައުމުތަކުގައި ގޯސްވަމުން ދިއުމާއި ގުޅިގެންނެވެ. އަންނަ އަހަރަށް ފަސްކުރި ކުލަބު ވޯލްޑްކަޕް ބާއްވާނީ ގަތަރުގަ އެވެ. ފީފާ އިން މިހާރު ނިންމާފައިވަނީ ގަތަރުގައި އަންނަ ފެބްރުއަރީ މަހުގެ 1 އިން 11 އަށް މުބާރާތް ކުރިއަށް ގެންދިއުމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގަތަރުގައި އޮތް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރީ ލިވަޕޫލް އެވެ. ގަތަރުގައި ޖެހިޖެހިގެން ދެ އަހަރު ކްލަބް ވޯލްޑް ކަޕް ބާއްވަން ނިންމީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެގައުމު ތައްޔާރުކުރުމުގެ ގޮތުންނެވެ.

ކްލަބް ވޯލްޑް ކަޕަކީ ދުނިޔޭގެ ބައްރުތަކުގެ ޗެމްޕިއަނުން ވާދަކުރާ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހަށް ދިގުދެމިގެންދާ މުބާރާތެކެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން މިދިޔަ އޮގަސްޓް މަހު ހޯދައި ޔޫރަޕުން މުބާރާތަށް ކޮލިފައިވެފައިވަނީ ބަޔާން މިއުނިކެވެ.

ކޮވިޑް އާއި ގުޅިގެން ކުލަބް ވޯލްޑް ކަޕް އަންނަ އަހަރަށް ފަސްކުރިއިރު، 20 އަހަރުން ދަށުގެ ވިމެންސް ވޯލްޑް ކަޕާއި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ފީފާއިން މިހާރު ވަނީ  2022 ވަނަ އަހަރަށް ފަސްކޮށްފައެވެ.  20 އަހަރުން ދަށުގެ ވިމެންސް ވޯލްޑް ކަޕް ބާއްވާނީ ކޮސްޓަ ރިކާ ގައެވެ. އަދި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބާއްވާނީ އިންޑިއާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް