ކައިވެންޏަށްފަހު ހަނީމޫނަށް ރާއްޖެ އައިސްފިނަމަ އެކައިވެންޏެއް ރޫޅުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި މި ދިރާސާކޮށްފައިވަނީ ހަނީމޫނަށް ދިއުމަށްފަހު، ކައިވެނި ރޫޅިފައިވާ ތިން ހާހަށްވުރެ ގިނަމީހުންގެ މެދުގައި ކުރިއަށްގެންދެވުނު ދިރާސާއަކުންނެވެ.
މި ދިރާސާގައި އެންމެ ކުރީގައި އުޅެނީ ރާއްޖެއެވެ. އެގޮތުން ރޫޅިފައިވާ 3100 ކައިވެނީގެ ތެރެއިން 620 މީހަކު ހަނީމޫނަށް އައިސްފައިވަނީ ރާއްޖެއަށް ކަމުގައި ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ ޖުމްލަ އަދަދުން ބަލާނަމަ 20 އިންސައްތައެވެ. ލިސްޓުގެ ދެވަނައިގާ މޮރޮކޯގެ މައްރަކޭޝް އޮތްއިރު ތިންވަނައިގާ އޮތީ ބޯރާބޯރާ އެވެ.
މި ދިރާސާގެ ވާހަކަ ދަ ސަން ފަދަ ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުން ގެނެސްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް