ބޮލީވުޑް ބަތޮލާ، ތާރާ ސުތާރިއާ އާއި އޭނާގެ ލޯބިވެރިޔާ، ބޮލީވުޑް ބަތޮލު އާދާރް ޖައިން ރާއްޖެ އަތުވެއްޖެއެވެ.
މި ދެ ތަރިން ރާއްޖެއައިސްފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށެވެ.
ބެލެވޭގޮތުގައި މި ދެ ތަރިން ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ރާއްޖެ އައިކަން އަންގައިދޭން މި ދެ ތަރިންވެސް ވަނީ އިންސްޓަގްރާމް ސްޓޯރީ އެކަމަށް ހާއްސަކޮށްފައެވެ.
އެގޮތުން ތާރާގެ ސްޓޯރީގައި ބުނެފައިވަނީ "ހެލޯ އަގައިން، ޕެރަޑައިސް" ކަމަށެވެ. އާދާރް ޖައިން ބުނެފައިވަނީ "ޑީއެންޑީ" ކަމަށެވެ.
ތާރާ ސުތާރިއާގެ ފިލްމީ ކެރިއަރ ފަށާފައިވަނީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ. އެއަށްފަހު މިދިޔަ އަހަރު ނިކުތް، "މަރްޖާވާން" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވެއެވެ.
ބޮލީވުޑްގެ މަޝްހޫރު ކަޕޫރު އާއިލާއަށް ނިސްބަތްވާ އާދާރު މިހާތަނަށް ކުޅެފައިވަނީ އެންމެ ފިލްމެކެވެ. އެއީ 2017 ވަނަ އަހަރު ރިލީޒްކުރި "ޤައިދީ ބޭންޑް" އެވެ.
މި ދެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ލޮކްޑައުންގައި ރާއްޖޭގެ ވައިގެ މަގު ބަންދުކޮށްފައި ހުޅުވާލިފަހުން ބޮލީވުޑް ތަރިން ރާއްޖެ އަންނަ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް