ށ. ފޯކައިދޫގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ބިދޭސީ އަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ހަމަނުޖެހުމުގެ ރިޕޯޓު ކޮށްފައިވަނީ ރޭ 7:19 ހާއިރު ކަމަށެވެ.
މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ފުލުހުން ބުނީ އެމީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ދެ ބިދޭސީއެއްގެ ދެމެދުގައި ކަމަށްވެ އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް