އިތުރު 32 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވީ މީހުންގެ ތެރެއިން 21 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 11 މީހުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި ފަސް ބިދޭސީންނެވެ. ކޯވިޑަށް މިހާރު ފަރުވާ ދެމުން ދަނީ 1،002 މީހުންނަށެވެ.
އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 39 މީހުންނަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 348 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 10،164 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 11،210 އަށް އަރާފައި އެވެ. އެގެ ތެރެއިން 37 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް