އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލާއި އެވަޓަން 2-2 ގެ ނަތީޖާއިން އެއްވަރުވި މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު ލިވަޕޫލްގެ އިތުބާރު ޑިފެންޑަރ ވާޖިލް ވެން ޑައިކް އަށް ކުޅުމުގެ ތެރެއަށް އެނބުރ އާދެވޭނީ އެންމެ އަވަހަށް ވެސް 9 މަސް ފަހުން ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ވެން ޑައިކްގެ ލިގަމެންޓަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އެހެން ކަމުން އޭނާ މި އަނިޔާއިން މުޅިން ރަނގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭ ވަރުވާނީ އެންމެ އަވަހަށް ވެސް 6 ނުވަތަ 9 މަސް ފަހުންނެވެ.
ވެން ޑައިކަށް އަނިޔާވެފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައި އެވަޓަންގެ ކީޕަރު އަދި ވެންޑައިކް ބޯޅަ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، ކީޕަރުގެ ފައިން ވެން ޑައިކްގެ ކަކުލުގައި ޖެހިގެންނެވެ. ދަނޑުމަތީގައިފަރުވާދިނުމަށްފަހު އިތުރަށް މި މެޗުގައި ނުކުޅެވޭނެ ކަމަށް ނިންމާއޭނާ ވަނީ ބަދަލުކޮށްފައެވެ.
ލިގަޕޫލްގެ ކޯޗު ކްލޮޕް ވަނީ މި ވާހަކަތަކާއި ގުޅިގެން ގިނަ ވާހަކަތަކެއް މީޑިއާއަށް ތިލަކޮށްފައެވެ. އެގޮތުން މި މެޗުގައި އަނިޔާވުމުގެ ކުރިންވެސް އޭނާ ހުރީ އަނިޔާގައި ކަމަށާއި އެ އަނިޔާގައި ހުރެ ގިނަ މެޗުތަކެއް ކުޅުނު ކަމަށް ކްލޮޕް ބުންޏެވެ. އަދި މި މެޗުގައި އޭނާ ބަދަލުކުރީ އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވިގެން ކަމަށް ބުންޏެވެ.
މި މެޗުގައި ލިވަޕޫލުން ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ގިނަ ގޯސްތަކެއް ހެދިކަމަށް ތުހުމަތު ކޮށްފައެވެ. އަދި ވެން ޑައިކަށް ކުރި ފައުލާއި ގުޅިގެން ޕެނަލްޓީއެއް ލިބެން ޖެހޭކަމަށްވެސް އެ ކުލަބުން ބުނެއެވެ. ނަމަވެސް މެޗުގެ ރެފްރީ ނިންމާފައިވަނީ ފައުލްކުރި އިރު ވެންޑައިކް އޮފްސައިޑް މަގާމެއްގައި ހުރުމުން އެއީ އޮފްސައިޑެއް ކަމަށެވެ. ލިވަޕޫލުން ގަބޫލުކުރާ ގޮތުގައި މި ފައުލާއި ގުޅިގެން ކީޕަރު ޕިކްފޯޑަށް އަދަބު ދޭން ޖެހެއެވެ. އެގޮތުން އެ ފައުލަށް ކީޕަރަށް ވަގުތުން ރަތްކާޑު ދައްކަންޖެހެެއެވެ.
ވެން ޑައިކްގެ އިތުރުން ލިވަޕޫލްގެ ތިއާގޯއަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެ ދަނޑުން ބާލާފައެވެ.
2010 ވަނަ އަހަރުގެ ފަހުން ވޭތުވެ ދިޔަ ދިހަ އަހަރު އެވަޓަން އާއި ދެކޮޅަށް ކުޅުނު އެއްްވެސް މެޗަކުން ލިވަޕޫލަށް ކުރި ހޯދިފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް