ގުޅީފަޅާއި ތިލަފުށިން ކުއްޔަށް ދޫކޮށްފައިވާ ސިނާއީ ބިންތަކާއި ކޮމަރޝަލް ޔުނިޓުތަކަށް ފައިސާ ދެއްކުން އެޗްޑީސީ އަށް ބަދަލުކޮށްފި

ގުޅީފަޅާއި ތިލަފުށިން ކުއްޔަށް ދޫކޮށްފައިވާ ސިނާއީ ބިންތަކާއި ކޮމަރޝަލް ޔުނިޓުތަކަށް ފައިސާ ދެއްކުން އެޗްޑީސީ އަށް ބަދަލުކޮށްފި އެވެ. އެޗްޑީސީ އިން މިގޮތަށް ނިންމީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ...

18 Oct 2020 | 15:28

ގުޅީފަޅާއި ތިލަފުށިން ކުއްޔަށް ދޫކޮށްފައިވާ ސިނާއީ ބިންތަކާއި ކޮމަރޝަލް ޔުނިޓުތަކަށް ފައިސާ ދެއްކުން އެޗްޑީސީ އަށް ބަދަލުކޮށްފި އެވެ.

އެޗްޑީސީ އިން މިގޮތަށް ނިންމީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން އެއްކޮށްލަން ސަރުކާރުން ނިންމުމާ ގުޅިގެން ނެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި އެޗްޑީސީ އެއްކޮށްލަން ނިންމުމާ ގުޅިގެން ތިލަފުއްޓާއި ގުޅީފަޅުން ސިނާއީ ބިންތަކާއި ކޮމަރޝަލް ޔުނިޓުތައް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުންތައް ނަގުލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ބިންތަކާއި ކޮމަރޝަލް ޔުނިޓުތަކަށް ދައްކަންޖެހޭ ކުލީގެ ފައިސާ މާދަމާ އިން ފެށިގެން ދެން ދައްކަން ޖެހޭނީ އެޗްޑީސީ އަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ޗެކް ތައްޔާރު ކުރާނީ "ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކަމަށާއި ނަގުދު ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ކޭޝް ކައުންޓަރަށް ފައިސާ ދެއްކުމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މައި-ހުޅުމާލެ ޕޯޓަލްގެ ކުއިކް ޕޭ އިން މި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް