އެޗްއީއޯސީގެ ހޮޓް 1676 ގެ ޚިދުމަތަށް ބުރޫ އަރައިފި

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ހޮޓް 1676 ގެ ޚިދުމަތަށް ބުރޫ އަރައިފި އެވެ. އެޗްއީއޯސީ އިން ބުނީ ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށާއި އެ މައްސަލަ ޙައްލުކޮށް، އަލުން ޚިދުމަތް ދ...

18 Oct 2020 | 14:54

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ހޮޓް 1676 ގެ ޚިދުމަތަށް ބުރޫ އަރައިފި އެވެ.

އެޗްއީއޯސީ އިން ބުނީ ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށާއި އެ މައްސަލަ ޙައްލުކޮށް، އަލުން ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެއެވެ.

މިކަމުގެ ސަބަބުން ދިމާވި ދަތިކަމަށް މަޢާފަށް އެދޭ ކަމަށާއި އަދި ދިމާވި މައްސަލަ ޙައްލުކުރެވެންދެން ކެތްތެރިކަމާއެކު ރައްޔިތުން ތިއްބެވީތީ ޝުކުރު އަދާ ކުރާ ކަމަށް ވެސް އެޗްއީއޯސީ އިން ބުނެއެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް