މަސް ދުވަސް ފަހުން ތައިލެންޑުގެ އެތެރޭގެ ސަރަހައްދަކުން ކޮވިޑް-19 ދެ މީހަކު ފެނިއްޖެ އެވެ.
އެގައުމުގެ އޮފިޝަލުން ބުނާ ގޮތުގައި، މިއީ މިޔަންމާ ބޯޑަރު ކައިރީގައި ދިރިއުޅޭ، މިޔަންމާއަށް ނިސްބަތްވާ ދެ މީހުން ނެވެ.
އޮފިޝަލުންނާ ޙަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މި ދެ މީހުން ޓެސްޓްކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު އެވެ. މި ދެ މީހުންގެ ފުށުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.
ތައިލެންޑުގައި ކޮމިއުނިޓީ ޓްރާންސްމިޝަން ކޭސްއެއް އެންމެފަހުން ރިޕޯޓް ކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ތައިލެންޑަކީ އިރުމަތީ އޭޝިއާ ގައުމުތަކުގެ ތެރެއިން ވެސް ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އެއް ގައުމެވެ. އެގޮތުން އެ ގައުމުގެ އާބާދީއާ އަޅާ ބަލާއިރު ފެނިފައިވާ ކޭސްތަކުގެ އަދަދަކީ އެ ސަރަހައްދުގެ އެންމެ ދަށް އަދަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް