ކާފިއު ގަޑިއަށް ބަދަލު ގެނައުމުން އެފްއެސްއެމް ޕެޓްރޯލު ޝެޑުތަކުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި ވެހިކަލް ދުއްވުން މަނާ ގަޑިތަކަށާއި، ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތަކުން ޚިދުމަތްދެވޭނެ ވަގުތުތަކަށް ގެނައި ބަދަލާއެކު ހެނދުނު އަށަކުން ރޭގަނޑު 10:30 އަށް ޚިދުމަތް ދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.
ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު ތިނަކުން ތިންގަޑި ތިރީހަށް ޑިސްއިންފެކްޓު ކުރުމަށް ޕެޓްރޯލް ޝެޑުތައް ބަންދު ކުރާ އިރު، ކޮންމެ ނަމާދު ގަޑިއަކަށް 25 މިނެޓަށް ވެސް ޕެޓްރޯލް ޝެޑުތައް ބަންދުވާނެ ކަމަށް އެފްއެސްއެމުން ބުނެ އެވެ.
އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް މާލޭގެ ހަތަރު ސަރަޙައްދެއްގައި ހުރެއެވެ.
https://twitter.com/FuelSuppliesMv/status/1317542415595569152
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް