ބީއެމްއެލް އިން 58 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 58.7 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި އެވެ. އެ ބޭންކުގެ އޮފީސް އިމާރާތް ހެދުމަށް ބީއެމްއެލް އިން ގަނެފައި ވަނީ އެޗްޑީސީގެ މިލްކްގައިވާ ހުޅުމާލޭ ލ...

18 Oct 2020 | 09:27

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 58.7 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި އެވެ.

އެ ބޭންކުގެ އޮފީސް އިމާރާތް ހެދުމަށް ބީއެމްއެލް އިން ގަނެފައި ވަނީ އެޗްޑީސީގެ މިލްކްގައިވާ ހުޅުމާލޭ ލޮޓް ނަމްބަރު 11611 އެވެ.

އެއީ 15،822.5 އަކަފޫޓު (1469.96 އަކަމީޓަރު)ގެ ބިމެކެވެ.

އަކަފޫޓަކަށް 4،395 ރުފިޔާގެ ރޭޓުން އެ ބިން ގަނެފައިވާ އިރު، އެޗްޑީސީއިން ހުށަހެޅީ އެ ބިން 58،701،475 ރުފިޔާއަށް ވިއްކުމަށެވެ.

އެ ވިޔަފާރީގެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ނިންމައި ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައިވާ އިރު، އެ ހުކުމް ކުރީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނާ ހަވާލުވެ ހުންނެވި ގާޟީ އަބްދުﷲ އަލީ އެވެ.

މި ބިމަކީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެކުނުން އަމީން އެވެނިއާ އިންވެގެން އޮންނަ ބިމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް