އިތުރު 3 އެއަރ ލައިނަކުން މި މަހު ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
މިކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީން ނެރޭ 'އަޕްޑޭޓްސް އޮން ދަ ކޯވިޑް-19 ސިޓުއޭޝަން އިން ދަ މޯލްޑްސް' ރިޕޯޓުގަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ލުފްތަންސާ، ފްލައިދުބާއީ އަދި ނޯޑުވިންޑުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާނެ ކަމަށް މިހާރުވަނީ އަންގާފަ އެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވާލުމާއެކު އިނގިރޭސިވިލާތުގެ ބްރިޓިޝް އެއަރވޭސް އިން އިއްޔެ ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ.
މީގެ އިތުރުން މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއަރލައިންތަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ.
ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް މިހާތަނަށް ވަނީ 26،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް