މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން، މޮޅަދޫ ކަނޑޫފާ ކޮންޓެސްޓު ފަށައިފި

މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން، މޮޅަދޫ ކަނޑޫފާ ކޮންޓެސްޓު ފަށައިފި އެވެ. އެރަށުގެ އެކި ތަންތަނުގެ ރީތިކަން ދައްކުވައިދިނުމުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން ...

18 Oct 2020 | 08:40

މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން، މޮޅަދޫ ކަނޑޫފާ ކޮންޓެސްޓު ފަށައިފި އެވެ.

އެރަށުގެ އެކި ތަންތަނުގެ ރީތިކަން ދައްކުވައިދިނުމުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން އިސްނަގައިގެން ފެށި މި ކޮންޓެސްޓަކީއެ ރަށުގެ ކަނޑޫފާގެ ރީތިކަން ދައްކުވައިދިނުމުގެ ގޮތުން ފެށި ކޮންޓެސްތެކެވެ.

މި ކޮންޓެސްޓް މިހާރު ހުޅުވައިލާފައިވާއިރު، molhadhoo #molhadhooKandoofa# މި ހޭޝްޓެގް ޖެހުމަށް ފަހު ކަނޑޫފާގެ ފޮޓޯ އިންސްޓަގްރާމްއަށް އަޕްލޯޑް ކުރެއްވުމުން މި ފޮޓޯ ކޮންޓެސްޓްގައި ބައިވެރި ވެވޭނެ ކަމަށް އިންތިޒާމުކުރާ ފަތާރުން ބުނެއެވެ.

"އިންސްޓަގްރާމަށްއަޕްލޯޑްކުރާ ފޮޓޯތަކުގެ ތެރެއިން އެންމެގިނަ ލައިކްސް ލިބޭ ފޮޓޯ އަޕްލޯޑް ކުރައްވާ ބޭފުޅަކަށް އިނާމެއް ލިބޭނެ. މި ފޮޓޯ ކޮންޓެސްޓްގައި ބައިވެރިވުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 31 ވަނަ ދުވަސް." އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.

މި ފޮޓޯ ކޮންޓެސްޓްގެ އެންމެ ބޮޑު މަޤުޞަދަކީ ކަނޑޫފަލުގައި ޕާކް ތަރައްޤީ ކުރުމުގެ ކުރިން އެތަން އޮތްގޮތުގެ ފޮޓޯ ހޯދައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ރައްކާކުރުންކަމުގައި މިކަމުގައި އިސްކޮން ހަރަކާތްތެރިވާ ޒުވާނުން ބުނެއެވެ.

އެރަށު ކަނޑޫފަލުގައި ނޭޗަރ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން އިސްނަގައިގެން މިހާރުވެސް އަންނަނީ ކުރަމުން ނެވެ.

ހއ. މޮޅަދޫއަކީ ދިގު މިނުގައި 2600 މީޓަރު ހުންނަ އަދި ފުޅާ މިނުގައި 840 މީޓަރު ހުންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް