އިތުރު ޕޮސިޓިވް ކޭސްތަކަކާއި ގުޅިގެން ކުޅުދުއްފުށި އަނެއްކާވެސް މޮނިޓަރިންއަށް

ކުޅުދުއްފުށީ ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ކުޅުދުއްފުށި އަލުން މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ޕޮސިޓިވްވި މީހުންނާ...

18 Oct 2020 | 06:53

ކުޅުދުއްފުށީ ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކުޅުދުއްފުށި އަލުން މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި އިތުރު ހަތަރު މީހަކު ޕޮސިޓީވް ވެގެންނެވެ. މިފަހަރު ޕޮޒިޓިވެވްފައި ވަނީ އުމުރުން 75 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 10 އަހަރުގެ ކުއްޖަކާއި ނުވަ އަހަރުގެ ކުއްޖެކެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މި ހަތަރު މީހުންނަކީ ހުކުރު ދުވަހު އެ ރަށުން ޕޮޒިޓިވްވި ދެ މީހުންގެ ކޮންޓެކްޓުން ކަމަށެވެ. އަދި ހުކުރު ދުވަހު ޕޮޒިޓިވްވީ ދެ ފުލުހުން ކަމަށާއި އެ ދެމީހުން ޕޮޒިޓިވްވީ ރެންޑަމް ސާމްޕްލިންގެ ތެރެއިން ކަމަށެވެ.

އަލުން މޮނިޓަރިންއަށް ލީ ޕޮސިޓިވްވި ހަތަރު މީހުންނާއި ކޮންޓެކްޓުވި މީހުން ދެނެގަތުމަށް ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

މިއީ މިމަހު ތެރޭގައި ކުޅުދުއްފުށި މޮނިޓަރިންއަށް ލީ ދެ ވަނަ ފަހަރެވެ. ފުރަތަމަ އެ ސިޓީ މޮނިޓަރިންއަށް ލީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ ކުޅުދުއްފުށީ ޕޮލިސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޯވިޑަށް ޕޮސިޓިވްވެގެންނެވެ.

މި މީހާ އާއި ގުޅުން ހުރި މީހުން ދެނެ ގަތުމަށް ކުޅުދުއްފުއްޓާއި އެކު އުތުރުގެ ތިން އަތޮޅުން ހަ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އެއީ ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުރިނބީ އަދި ށ. ފުނަދޫ އަދި ކުޅުދުއްފުށީ ސިޓީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް