ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި

އާޓިފިޝަލް ބީޗް ސަރަހައްދުގައި ވަޅިއަކުން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެމީހާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށާއި ފުލުހުންނަށް މިކަމުގ...

18 Oct 2017 | 17:48

އާޓިފިޝަލް ބީޗް ސަރަހައްދުގައި ވަޅިއަކުން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެމީހާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށާއި ފުލުހުންނަށް މިކަމުގެ މައުލޫމާތު ލިބިނީ މިރޭ 22:27 ގައި ކަމަށެވެ.

ވަޅި ހަރާފައިވަނީ ބްލޫ ބޭ ރެސްޓޯރެންޓްގައި އެހީތެރިޔެއްގެ ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީއެއްގެ ގަޔަށެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރެސްޓޯރެންޓުން ބުނެފައިވަނީ އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލާއިމެދު އަދި މައުލޫމާތެއް ނެތް ކަމަށެވެ.

އެ ހެލްޕަރުގެ ގަޔަށް ވަޅި ހަރާފައިވަނީ ބްލޫބޭގެ ފާހާނާ ސަރަހައްދަށް އޭނާ ދިޔަ ވަގުތު ބަލާފައި ބަޔަކު އައިސް ކޮންމެވެސް ކަހަލަ ސްޕްރޭއެއް މޫނަށް ޖެހުމަށްފަހު އަދި އަނިޔާވެސް ކުރުމަށްފަހުގައި ކަމަށް ދުވަހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ ސަރަހައްދުން ވަޅިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފަ އެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް