ސްޕެއިން އަދި ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 40 މީހުން މަރުވެެއްޖެ

ސްޕެއިން އަދި ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގައި 40 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. ޕޯޗުގަލްގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގައި 36 މީހަކު މަ...

18 Oct 2017 | 03:35

ސްޕެއިން އަދި ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގައި 40 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ޕޯޗުގަލްގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގައި 36 މީހަކު މަރުވެފައިވާއިރު 7 މީހަކު ގެއްލިފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އެފަރާތްކުންވަނީ ބުނެފައެވެ.

ނަމަވެސް ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ 27 އަލިފާންގަނޑެއް އަދިވެސް ކޮންޓްރޯލް ނުވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އަލިފާނުގެ ސަބަބުން ހަތަރު މީހަކު މަރުވެފައިވާއިރު، އަލިފާންގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކައި ދިމާލަށް ފެތުރެމުންދާކަމަށްވެސް އެފަރާތްކުންވަނީ ބުނެފައެވެ.

އަލިފާންގަނޑު ރޯވާން މެދުވެރިވި ސަބަބެއް ހޯދުމަށް ތަހުގީގުތައް ކުރަމުން ދާއިރު ދެގައުމުންވެސް ތުހުމަތު ކުރަނީ ބަޔަކު ގަސްތުގައި އަލިފާންތައް ރޯކޮށްލިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް