ކޮންމެ ވަގުތެއްގައިވެސް ނިއުކްލިޔާ ހަނގުރާމައެއް ފެށިދާނެ – އުތުރު ކޮރެއާ

ކޮންމެ ވަގުތެއްގައިވެސް ނިއުކްލިިޔާ ހަނގުރާމައެއް ފެށިދާނެކަމަށް އުތުރު ކޮރެއާޢިން އދ އަށް ކަނޑައަޅާފައި ހުންނަ ޑެޕިޔުޓީ އެމްބެސެޑަރ ކިމް އިން ރިޔޮން ބުނެފިއެވެ. އދ ގެ ޑިސްއާމެމެންޓް ކޮމިޓީގައި އެމްބެ...

18 Oct 2017 | 03:31

ކޮންމެ ވަގުތެއްގައިވެސް ނިއުކްލިިޔާ ހަނގުރާމައެއް ފެށިދާނެކަމަށް އުތުރު ކޮރެއާޢިން އދ އަށް ކަނޑައަޅާފައި ހުންނަ ޑެޕިޔުޓީ އެމްބެސެޑަރ ކިމް އިން ރިޔޮން ބުނެފިއެވެ.

އދ ގެ ޑިސްއާމެމެންޓް ކޮމިޓީގައި އެމްބެސެޑަރ ބުނެފައިވަނީ މުޅި އެމެރިކާއަށް އުތުރު ކޮރެއާގެ މިސައިލްތައް ފޯރާނެ ކަމަށާއި، އުތުރު ކޮރެއާގެ ސަރަހައްދަށް އަރައިފިނަމަ އެގައުމުން ދޭ އަދަބުން އެމެރިކާއަށް ސަލާމަތްވާން ދާނެ އެއްވެސް ތަނެއް މި ދުނިޔޭގައި ނޯންނާނެކަމަށެވެ. އެންބެސެޑަރ މިހެން ބުނެފައިވަނީ އުތުރު ކޮރެއާގެ ބާރުގެ ދަށުގައި ހުރި ނިއުކްލިޔާ ހަތިޔާރުތަކުގެ ތަފްސީލު ބުނެ އެގައުމަކީ އަޝްކަރީ ވަރުގަދަ ބާރެއްކަމުގައި ބަޔާންކުރަމުންނެވެ.

ކޮރެއާގެ މަޝްރަހު ހޫނުވެފައިވަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ފޯރާ މަރުކާގެ މިސައިލްތަކެއްގެ އިތުރުން ނިއުކްލިޔާ ބޮމެއް ތަޖުރިބާކުރުމުންނެވެ. މިކަމުގެ ރައްދުގައި އެމެރިކާއިން ވަނީ އަޝްކަރީ ގިނަ ތަމްރީނުތަކެއް ދެކުނު ކޮރެއާއާއި ގުޅިގެން ފަށާފައެވެ. ޗައިނާ އަދި ރަޝިޔާއިން ކޮރެއާގެ މަޝްރަހު ފިނިކުރުމުގެ މަސައްކަތް ދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ ވާހަކަދައްކައިގެން އުތުރު ކޮރެއާގެ މައްސަލަ ހައްލުނުވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް