ފިިލިޕީންސްގެ މަރާވީ އައިއެސްގެ އަތްދަށުން މިނިވަންވެއްޖެކަން އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އިއުލާނުކޮށްފިއެވެ.
އަޝްކަރިއްޔާ އެއްކުރައްވައި ޑުޓާޓޭ ކުރެއްވި މި އިއުލާނުގައި ބުނެފައިވަނީ މަރާވީ ޓެރޮރިސްޓުންގެ އަތްދަށުން މިނިވަންވެއްޖެކަމަށާއި ދެން އޮތީ އެރަށް އެރަށް އަލުން އާރާސްތު ކުރުމުގެ މަސައްކަތްކަމަށެވެ.
ފިލިޕީންސްގެ މަރާވީގައި އައިއެސްއަށް ބައިތު ހިފައިފާވާ ހަނގުރާމަވެރިންނާއި ދެކޮޅަށް އެގައުމުގެ އަޝްކަރިއްޔާއިން ހަނގުރާމަ ފަށާފައިވަނީ މިއަހަރުގެ މޭމަހުގެ ތޭވީސްވަނަ ދުވަހުގައެވެ. މި ހަނގުރާމަތައް ފެށިފަހުން އަށްސަތޭކަ ހަނގުރާމަވެރިން ހިމެނޭގޮތަށް އެއްހާހަށް ވުރެ ގިނަމީހުން މަރުވެފައިވާކަމަށް ފިލިޕީންސްގެ އަޝްކަރިއްޔާއިން ވަނީ ބުނެފައެވެ. މި ހަމަނުޖެހުންތަކުގައި ތިން ލައްކަ ފަންސާސްހާސް މީހުންވަނީ ގެދޮރު ގެއްލި އެހެން ހިސާބުތަކަށް ބަދަލުވެފައެވެ.
މަރަވީ އަލުން އާރާސްތުކުރަން ގާތްގަނޑަކަށް 1.95 ބިލިޔަން ޑޮލަރު ބޭނުންވާނެކަމަށް އެގައުމުގެ ސެކެއްޓެރީ އޮފް ޑިފެންސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް