އިރާގުގެ ރައްގާގައި އޮތް އައިއެސް ޖަމާއަތުގެ ފައުޖު ބަލި ކޮށްފި ކަމަށް އެމެރިކާއިން ވާގިވެރިވާ ސީރިޔަން ޑިމޮކްރެޓިކް ފޯސެސް ގެ ކޮމާންޑަރަކު ބުނެފިއެވެ.
ބްރިގޭޑިޔަރ ޖެނެރަލް ތަލާލް ސިއްލޯ ބުނެފައިވަނީ ރައްގާގައި މިހާރު ހަމަލާތައް ބަދަލު ނުކުރާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ރަށުގައި ވަޅުލާފައިވާ ލޭންޑް މައިން ތައް ނަގައި ފިލައިގެން އުޅޭ ހަނގުރާމަވެރިން ހޯދުމުގެ މަސައްކަތް ކަމަށް ސިއްލޯ ވަނީ ބުނެފައެވެ. މި މަސައްކަތް ނިމުމުން އައިއެސް ބަލިކުރެވިފައިވާކަން ރަސްމީކޮށް އިއުލާނު ކުރާނެކަމަށް ސިއްލޯ ވަނީ ބުނެފައެވެ.
އައިއެސްގެ ބާރުގެ ދަށުން ރައްގާ މިިނިވަން ކުރުމުގެ އޮޕަރޭޝަން ފަށާފައިވަނީ މި އަހަރުގެ ޖޫން މަހުގައެވެ. މި އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނީ ކުރުދީންނާއި އަރަބިންގެ ހަނގުރާމަވެރިން އުފައްދާފައިވާ ކޯލިޝަންއަކުންނެވެ.
ރައްގާ އައިއެސްގެ ބާރުގެ ދަަށަށް ގޮސްފައިވަނީ 2014 ވަނަ އަހަރުގައެވެ. ރައްގާއަކީ އިރާގުގައި އެ ޖަމާއަތުން އެމީހުންގެ ވެރިރަށް ކަމުގައި ހަދައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް