އެމެރިކާގައި ޖަލު ހުކުމެއް އައި މީހަކު މާ ފަލަކަމަށް ބުނެ ޢޭނަ ޖަލަށް ގެންދިޔުން ރަނގަޅު ނޫން ކަމަށް އޭނަގެ ލޯޔަރު ކޯޓުގައި ވަކާލާތު ކޮށްފިއެވެ.
ކޯޓަށް ލޯޔަރު ކާޓިސް ފަލްގެޓަރ ހުށައެޅި ބަޔާނުގައި ބުނެފައިވަނީ އުމުރުން 72 އަހަރުގެ ސްޓެފެން ޑޮނާލްޑްސަން ސީނިޔަރ ގެ ފަސް ފޫޓު ނުވަ އިންޗީގެ އިސްކޮޅެއްގެ ހަށިގަނޑުގައި 124 ކިލޯ ހުންނަ ކަމަށާއި، މިކަމުގެ ސަބަބުން ޑޮނާލްޑްސަންގެ އުމުރު އާދައިގެ އިންސާނެއްގެ އުމުރަށްވުރެ ކުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މި ސަބަބަށްޓަކައި ޑޮނާލްޑްސަން ހަ އަހަރާއި ހަތަރު މަހަށް ޖަލަށްލުން ރަނގަޅު ނޫން ކަމަށް ލޯޔަރު ވަނީ ބަޔާނުގައި ބުނެފައެވެ. މީގެ އިތުރުން މި މުއްދަތުގެ ޖަލު ހުކުމަކީ ޑޮނާލްޑްސަންގެ ބާކީ އޮތް އުމުރުގެ 61 ޕަސެންޓްކަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ލޯޔަރުގެ ބަޔާނުގައި ބުނެފައިވެއެެވެ.
ޑޮނާލްޑްސަން އަށް ހަ އަހަރާއި ހަތަރު މަސްދުވަހުގެ ޖަލު ހުކުމެއް އައިސްފައިވަނީ ޓެކްސް އަށް އޮޅުވާލުމަށް އެހީވެދޭ ސްކީމެއް ޕްރޮމޯޓުކޮށް އެ ސްކީމްގެ ވިޔަފާރި ކުރުމުގެ މައްސަލާގައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް