އިންޑިއާގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ލޮރީ އެއް ގެތަކެއްގެ މައްޗަށް ވެއްޓި ކުޑަކުއްޖަކާއި އިތުރު މީހަކަށް އަނިޔާ ވެއްޖެ އެވެ.
ރޭ 10:15 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ އިންޑިއާގެ މަހަރާސްތުރާގެ މުމްބްރާ ޓައުނުގަ އެވެ. ވެއްޓުނު ލޮރީ ދުއްވާފައި ދިޔައީ އުސް މަގަކުންނެވެ. އެ ލޮރީ ވެއްޓުނީ ތިރީގައި އޮތް މަގުގައި ހުރި ގެތަކެއްގެ މައްޗަށެވެ. އެ ސަރަހައްދަކީ ފަރުބަދަ މަތީ ސަރަހައްދެއް ކަމުން މަގުތައް ހުންނަނީ އެކަހަލަ ގޮތަކަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ފުރާޅު މައްޗަށް ލޮރީ ވެއްޓުނު ގެއެއްގައި އުޅޭ މީހަކަށާއި އޭނާގެ އަންހެން ދަރިއަށެވެ. ފިރިހެން މީހާގެ ބޮލުން ދެތިންތަން ފަޅައިގެން ގޮސްފައިވާއިރު އަންހެންކުއްޖާއަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މި ހާދިސާއާއި ބެހޭގޮތުން އެ ޓައުންގެ ފުލުހުން ބުނެފައިވަނީ މައްސަލަ ރިޕޯޓް ކުރުމުން ސީނަށް ދިޔައިރު ލޮރީ ދުއްވަން އިންމީހާ ފިލާފައިޥާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް