ފަލަސްތީނުގެ މުސްލިމް ދެ ޖަމާއަތް ކަމުގައިވާ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތުން މިދިޔަ ހަފްތާގައި، އެއްބައިވަންތަ ކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު ދަތިތައް ނައްތާނުލާހާ ހިނދަކު ގާޒާ ބޯޑަރު ހަވާލު ނުކުރާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
އެއްބައިވަންތަކަމުގެ ގުޅުމެއް އުފެއްދުމަށް ހަމާސް އިން ވަނީ އެމީހުންގެ އެޑްމިނިސްޓްރޭޓިވް ކައުންސިލް އުވާލާ، ފަތަހަ ޖަމާއަތާއެކު ކުރިއަށް ދިއުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. މިއީ ފަލަސްތީނުގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ދާހިލީ ހަނގުރާމައަށް ނިމުމެއް ގެނުވި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައިވާގޮތުން ގާޒާގެ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ޖެހެ އެވެ. މިހާރު ގާޒާއަށް ކަރަންޓު ލިބެނީ މަދު ވަގުތުކޮޅަކަށެވެ. މި އެއްބަސްވުމުގައިވާ ކަންކަން ދެފަރާތުން ކުރުމަށް އެއްބަސްވެ ހަމާސް އިން އެއްބަސްވެފައިވަނީ ނޮވެމްބަރު އެކެއްގައި ގާޒާ ބޯޑަރު ސަރުކާރާއި (ފަތަހަ ޖަމާއަތް) ހަވާލު ކުރުމަށެވެ. އަދި ޑިސެމްބަރު އެކެއްގެ ކުރިން ގާޒާ ބޯޑަރުގެ ހުރިހާ ބާރެއްވެސް ހަވާލު ކުރުމަށެވެ. ނަމަވެސް ހަމާސްއިން މިގޮތަށް އަމަލުކުރާނީ އެއްބަސްވުމުގެ ދަށުން ގާޒާއަށް ދޭންޖެހޭ ހުރިހާ ލުޔެއް ލިބުމުން ކަމަށް ހަމާސް އިން މިވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް