ލައްޕާލެވޭ ސްމާޓްފޯނު އަންނަ މަހު ބާޒާރަށް !

ސެމްސަންގް ކުންފުނިން އޮޅާލެވޭ ފޯނެއް ތައާރަފް ކުރަން އުޅޭ ވާހަކަ އާއި ޒައޯމީން ވެސް އެފަދަ ޓެކްނޮލޮޖީއަކަށް މަސައްކަތް ކުރަމުން އަންނަ ވާހަކަ އޮތީ އަޑު އިވިފަ އެވެ. ނަމަވެސް އެ ފޯނުތައް ބާޒާރަށް ނިކު...

17 Oct 2017 | 22:35

ސެމްސަންގް ކުންފުނިން އޮޅާލެވޭ ފޯނެއް ތައާރަފް ކުރަން އުޅޭ ވާހަކަ އާއި ޒައޯމީން ވެސް އެފަދަ ޓެކްނޮލޮޖީއަކަށް މަސައްކަތް ކުރަމުން އަންނަ ވާހަކަ އޮތީ އަޑު އިވިފަ އެވެ. ނަމަވެސް އެ ފޯނުތައް ބާޒާރަށް ނިކުންނާނީ ކިހާތާކު ކަމެއް ކަށަވަރެއް ނުވެ އެވެ.

އެހެންނަމަވެސް ލައްޕާލެވޭ ސްމާޓް ފޯނެއް އަންނަ މަހު ބާޒާރަށް އަންނާނެކަން މިވަނީ ކަށަވަރު ވެފަ އެވެ. އެއީ ޒެޑް ޓީ އީ ކުންފުނީގެ އެކްސޮން އެމް ބްރޭންޑްގެ ސްމާޓް ފޯނެވެ.

މި ފޯނުގައި ދެ ޑިސްޕްލޭ ހިމަނާފައިވާއިރު މިއީ މިފަދަ ގޮތަކަށް އުފައްދާ ފުރަތަމަ ސްމާޓް ފޯނެވެ. އެންޑްރޮއިޑް ނޯގަޓް އާއެކު ތައާރަފްވި މަލްޓި ވިންޑޯ ޓެކްނޮލޮޖީ ފޯނުގައި ހިމަނާފައިވާއިރު ފިލްމު ބަލާއިރުގައްޔާއި ގޭމް ކުޅޭ އިރު ދެ ޑިސްޕްލޭއަށް ވިއު ބަދަލުކޮށްލެ އެވެ.

މި ފޯނު ވިއްކާނެ އަގުތައް އެ ކުންފުނިން އަދި ހާމަކޮށްފައި ނުވި ނަމަވެސް މި ފޯނު އަންނަ މަހުގެ 17ގައި ބާޒާރަށް ނެރޭނެކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް