ވާވޭ ބްރޭންޑްގެ އައު ދެ ފޯނު ދައްކާލައިފި – އައިފޯނަށް ގޮންޖެހުމަކަށް ވެދާނެތަ !؟

ފޯނު އުފެއްދުމުގައި ބާރު ސްޕީޑްގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ވާވޭ ކުންފުނިން، އެ ބްރޭންޑްގެ އައު ދެ ފޯނު ދައްކާލައިފި އެވެ. އެއީ ވާވޭ މޭޓް 10 އަދި މޭޓް 10 ޕްރޯ އެވެ. ދެ ފޯނުގެ އެންމެ ބޮ...

17 Oct 2017 | 22:17

ފޯނު އުފެއްދުމުގައި ބާރު ސްޕީޑްގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ވާވޭ ކުންފުނިން، އެ ބްރޭންޑްގެ އައު ދެ ފޯނު ދައްކާލައިފި އެވެ. އެއީ ވާވޭ މޭޓް 10 އަދި މޭޓް 10 ޕްރޯ އެވެ.

ދެ ފޯނުގެ އެންމެ ބޮޑު ތަފާތަކަށް ފެންނަނީ ސައިޒާއި ބައްޓަމެވެ. އެގޮތުން މޭޓް 10ގައި 5.9 އިންޗީގެ 2560×1440 ގެ އެލްސީޑީ ޑިސްޕްލޭއެއް ހިމަނާފައިވާއިރު މޭޓް 10 ޕްރޯގައި ހިމަނާފައިވަނީ 6 އިންޗީގެ 2160×1080 އޯއެލްއީޑީ ޑިސްޕްލޭ އެކެވެ. އިތުރު ތަފާތަކަށް ބަލާލާއިރު ފަހަތުގައި ބިއްލޫރި ބޭނުންކޮށްފައިވާ މި ދެފޯނުގެ ތެރެއިން މޭޓް 10 ގައި ފިންގަރޕްރިންޓް ސެންސަރު ހަރުކޮށްފައިވަނީ ސްކްރީންގެ ތިރީގަ އެވެ. މޭޓް 10 ޕްރޯގައި ފިންގަރޕްރިންޓް ސެންސަރު ހަރުކޮށްފައިވަނީ ފަހަތުގަ އެވެ. މޭޓް 10 ޕްރޯއަކީ ވޯޓާ ޕްރޫފް ފޯނެއް ކަމުގައިވާއިރު އެ ފޯނުގައި ހެޑްފޯނު ޖެކް ހިމަނާފައި ނުވެ އެވެ. ނަމަވެސް މޭޓް 10ގައި ހެޑްފޯނު ޖެކް އަދި މައިކްރޯ އެސްޑީ ކާޑު ސްލޮޓެއް ހިމަނާފައި ވެ އެވެ.

ދެ ފޯނުގައިވެސް ބޭނުންކޮށްފައިވަނީ ކިރިން 970 މަރުކާރުގެ ސީޕީޔޫ އެކެވެ. މޭޓް 10 ރެމްގެ ސައިޒަކީ 4 ޖީބީ އެވެ. ބެޓެރީ އަކީ 4000 އެމްއޭއެޗްގެ ބެޓެރީ އެކެވެ. ދެ ފޯނުގައިވެސް ފަހަތުގައި ޑެއަލް ކެމެރާ ސެޓަޕް ހިމަނާފައިވާއިރު އޭގައި ހިމެނެނީ 20 މެގަޕިކްސެލް ކަލަރ ސެންސަރ އަކާއި 12 މެގްޕިކްސެލް މޮނޮކްރޯމް ސެންސަރ އެކެވެ. މީގެ އިތުރުން ޕްރޯ ސީރީޒްގައި ދެ ވައްތަރެއް ހިމެނެ އެވެ. އ 6 ޖީބީ ރޭމް އަކާއި 128 ޖީބީ ސްޓޯރޭޖް ހިމެނޭ ވައްތަރަކާއި 6 ޖީބީ ރެމް އަކާއިއެކު 256 ޖީބީ ސްޓޯރޭޖް ހިމެނޭ ވައްތަރެކެވެ.

ސެމްސަންގް އިން ދާދި ފަހުން ތައާރަފްކުރި "ޑެކްސް" (ފޯނު ޑެސްކްޓޮޕަކަށް ބަދަލުކޮށްލެވޭ) ފީޗާރ އާއި އެއްގޮތް ފީޗަރ އެއް މި ފޯނުތަކުގައިވެސް ހިމަނާފައި ވެ އެވެ. އެއީ ޑެސްކްޓޮޕް ޑޮކިންގް ފީޗާރ އެވެ. ނަމަވެސް މި ފީޗަރ ހިމަނާފައިވަނީ ވަރަށް ފަސޭހަ ގޮތަކަށެވެ. އެއީ ފޯނު ވާގަނޑު މެދުވެރިކޮށް ޑެސްކްޓޮޕަކާއި ގުޅާލެވޭ ގޮތަށެވެ.

އައު ފޯނުތަކުގެ އެންމެ ބޮޑު ތަފާތެއް ކަމުގައި ވާވޭއިން ފާހަގަ ކުރަނީ މި ފޯނުތަކުގައި ބޭނުންކޮށްފައިވާ ޗިޕް އެވެ. ކިރިން 970 މަރުކާގެ ޗިޕަށް ވާވޭ ކުންފުނިން، ސީޕީޔޫގެ ބަދަލުގައި ކިޔާފައިވަނީ އެންޕީޔޫ (ނިއުރަލް ޕްރޮސެސިންގް ޔުނިޓް) އެވެ. ވާވޭއިން ހާމަކޮށްފައިވާގޮތުގައި މި ޗިޕަކީ އާޓިފިޝަލް އިންޓެލިޖެންސާއި ޑީޕް ލާނިންގ އަށް ހާއްސަ ކޮށްފައިވާ ޗިޕެކެވެ. އެޕަލް އިން އައިފޯނު 8 އާއި އެކު ތައާރަފް ކުރި އޭ 11 މަރުކާގެ ބައޯނިކް ޗިޕަކީވެސް އާޓިފިޝަލް އިންޓެލިންޖަށް ހާއްސަ ޗިޕެކެވެ.

މި ފޯނުތައް ބާޒާރަށް ނެރޭނެ ވަކި ދުވަހެއް ހާމަކޮށްފައިނުވިނަމަވެސް އަގުތައް ވަނީ ހާމަކޮށްފަ އެވެ. މޭޓް 10ގެ އަގު ފެށެނީ 824 ޑޮލަރުންނެވެ. މޭޓް ޕްރޯގެ އަގު ފެށެނީ 1395 ޑޮލަރުންނެވެ.

ވާވޭ ކުންފުނީގެ އައު ދެ ފޯނު ދައްކާލާފައިވާއިރު ވާވޭ ކުންފުންޏަކީ މިހާރުވެސް ސޭމްސަންގް އަދި އެޕަލް ކުންފުންޏާއި އެންމެ ވާދަކުރާ އަދި އެ ދެ ކުންފުންޏަށް ހުރި ގޮންޖެހުމަކަށް ވެދާނެ ކުންފުންޏެއް ކަމުގައި ގިނަ ބަޔަކު ދެކެމުން އަންނަ ކުންފުންޏެކެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް