މިއަދު ކޯވިޑަށް ޕޮސިޓިވްވީ 37 ދިވެހިންނާއި 37 ބިދޭސީން

މިއަދު ރާއްޖެއިން އިތުރު 74 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ އޭގެ ތެރެއިން 70 މީހުންނެވެ. އަނެއް ހަތަރު މީހުންނަކީ އަތޮޅުތެރޭގެ ރަށްރަށު...

18 Sep 2020 | 17:25

މިއަދު ރާއްޖެއިން އިތުރު 74 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ އޭގެ ތެރެއިން 70 މީހުންނެވެ. އަނެއް ހަތަރު މީހުންނަކީ އަތޮޅުތެރޭގެ ރަށްރަށުން ޕޮސިޓިވްވި މީހުންނެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ 37 ދިވެހިންނާއި 37 ބިދޭސީންނެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،452 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 106 މީހުންނަށެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 8،077 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

އެޗްޕީއޭއިން ބުނީ އަތޮޅު ތެރޭގައި ޕޮސިޓިވް މީހުން ތިބީ 21 ރަށެއްގައިގައި ކަމަށެވެ. އަދި27 ރިސޯޓެއްގައި ޕޮސިޓިވް 18 ޓޫރިސްޓުންނާއި 39 މުވައްޒަފުން އެބަތިބި ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 9،568 މީހުންނެވެ. އޭގެ ތެރެއިން 33 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް