ހަރިކޭން ސެލީ ގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް އެމެރިކާގެ ސްޓޭޓް ތަކަކަށް ވެއްޖެއެވެ.
އެމެރިކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ މި ތޫފާން ވަނީ ކެޓަގަރީ އެކަކުން ކެޓަގަރީ ދޭއްގެ ތޫފާނަކަށް ބަދަލުވެފައިވާ އިރު، މި ތޫފާނުގެ ސަބަބުން އަލަބާމާ އަދި ފްލޮރިޑާ އަށް ދަނީ ގިނަ ގެއްލުން ތަކެއް އަންނަނީ ލިބެމުން ނެވެ.
އޮފިޝަލުން ބުނާ ގޮތުގައި ފްލޮރިޑާއިން 377 މީހުން ވަނީ ސަލާމަތްތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ. އަދި ފެންބޮޑުވުމާއި މަގުތަށް ހަލާކު ވުމުގެ ސަބަބުން އަލަބާމާގައި ހިނގާ ބިނގާވެ އުޅުމަށާއި ދަތުރު ފަތުރު ކުރުމަށް ދަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތި ވަމުން ނެވެ.
މި ތޫފާނުގައި އެކަކު މަރުވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިވާ އިރު، އެތައް ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރު ފްލޮރިޑާގެ ބޭ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހަތަރު މަސް ދުވަހު ވެހޭހާ ވާރޭ ހަތަރު ދުވަހުގެ ތެރޭގައި ވެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާރު މި ތޫފާން މަޑުމަޑުން މިސްރާބު ޖަހާފައިވަނީ ޖޯޖިއާގެ އިތުރުން ކެރޮލައިނާގެ ދެކުނާ ދިމާލަށެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނީ މި ތޫފާނުގެ ސަބަބުން އިތުރު ގެއްލުންތައް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ ސަރަހައްދަށް ލިބިފައިވާ ގެއްލުންތައް ބަލަން އާންމުން ނުދިއުމަށް ވެސް އެ ޤައުމުގެ ފުލުހުން ދަނީ އިލްތިމާސް ކުރަމުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް