ބަންގްލަދޭޝްގައި ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު ދަށަށް ދާން ފަށައިފި އެވެ.
އެގައުމުން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މާރޗް މަހުގެ 8 ވަނަ ދުވަހު އެވެ. އެދުވަހު ވެސް 19 ކޭސް ވަނީ ފެނިފައެވެ.
މިއަދަދުތައް މަތިވަމުން ގޮސް ޖޫން އަދި ޖުލައި މަހު ތެރޭގައި ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު މުޅިން ވެސް އުޅުނީ 2000 ން މަތީގަ އެވެ.
ނަމަވެސް ސެޕްޓެމްބަރު މަހުން ފެށިގެން އެ ޤައުމު ރިޕޯޓް ކުރާ ކޭސްތަކުގެ އަދަދު އުޅެނީ 1000 ގެ އަދަދު ތަކުގައި ކަމަށް ނޫސްތަކުގައި ވަނީ ބުނެފައެވެ.
ބަންގްލަދޭޝް ހެލްތް މިނިސްޓްރީގެ ސީނިއަރ އޮފިސަރެއް ކަމަށްވާ ނާސިމާ ސުލްތާނާ ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި 1615 މީހުންނަށް ބަލި ޖެހިފައިވަ ކަމަށެވެ. އަދި އެޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ތިންލައްކަ ސާޅީސްދެހާހުން މަތިވެފަި ކަމަށެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑްގެ ބަލީގައި 21 މީހުން މަރުވެފައިވާ ކަމަށާއި އެއާއެކު މި ބަލީގައި މަރުވި މީހުންގެ ޢަދަދަކީ 4823 ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝްގައި ކޮވިޑް-19 ޖެހިގެން މީހަކު މަރުވި ކަމަށް ފުރަތަމަ ފަހަރު ރިޕޯޓް ކޮށްފައިވަނީ މާރޗް މަހުގެ 18 ވަނަ ދުވަހު އެވެ.
ބަންގްލަދޭޝްގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުން ބުދަ ދުވަހު އެކަނި ވެސް 13،360 މީހަކު ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް