ޗައިނާ އިން އުފެއްދި ވެކްސިން މިއަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
އެގައުމުގެ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން ސެންޓަރުގެ ޗީފް ވޫ ގުއިޒެން އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެ ވެކްސިން މި އަހަރުގެ ނޮވެމްބަރ މަހު ޢާންމުންނަށް ލިބޭވަރުވާނެ ކަމަށެވެ.
އެގައުމުގައި ތައްޔާރުކުރާ ގިނަ ވެކްސިންތަކެއް މިހާރު އަންނަނީ އެންމެ ފަހުގެ މަރުހަލާތައް ފުރިހަމަކުރަމުން ކަމަށާއި އެ ވެކްސިންތަކުން ފެންނަ ނަތީޖާވެސް ރަނގަޅުކަމަށް ބުނެފައިވެއެވެ.
ޗައިނާގައި 9 ވެކްސިނެއް އުފައްދާ، އަޖުމަ ބަލަމުން އަންނަ އިރު، ވެކްސިން އުފެއްދުމުގައި އެންމެ ފަހުގެ މަރުހަލާތައް ކުރިއަށްގެންދަނީ ސައިނޯވެކް ބަޔޯޓެކް އަދި ސައިނޯފާމް އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް