ފިލައިގެން އުޅޭ ބިދޭސީއަކު ހޯދުމަށް ފޮޓޯ ޢާންމުކޮށްފި

ފިލައިގެން އުޅޭ ބިދޭސީއަކު ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ. ފުލުހުން ބުނީ އެމް.ޑީ ފޮއިސަލް ސަރުކާރު ނަމަކަށް ކިޔާ ބަންގްލަދޭޝްގެ މި މީހާއަކީ ސްޕޮންސަރއަށް ފިލައިގެން ގޮސް އެހެން ސައިޓުތަކުގައި...

18 Sep 2020 | 11:53

ފިލައިގެން އުޅޭ ބިދޭސީއަކު ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ފުލުހުން ބުނީ އެމް.ޑީ ފޮއިސަލް ސަރުކާރު ނަމަކަށް ކިޔާ ބަންގްލަދޭޝްގެ މި މީހާއަކީ ސްޕޮންސަރއަށް ފިލައިގެން ގޮސް އެހެން ސައިޓުތަކުގައި މަސައްކަތްކޮށް އިމިގްރޭޝަން ޤާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށެވެ.

އެމީހާ ހޯދަނީ އިމިގްރޭޝަނުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް